
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގައުމެއްގައި އުފާވެރިކަން އަށަގެންނެވުމުގައި އެ ބައެއްގެ މާދަރީ ބަހާއި ސަގާފަތާއި ތަރިކަ އާއި ފަންނު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގެ ގޮތުން “ހެޕިނަސް އިންޑެކްސް” އިފްތިތާހް ކުރުމަށް ސަލްޓަން ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ޒަމާނުއްސުރެ، އެބައެއްގެ މާދަރީ ބަހުން އުފެދިފައި ހުންނަ މޮޅު ޅެންތަކާއި ޖޯކުތަކާއި އުފަންވެފައި ހުންނަ ހިކުމަތްތެރި ބުއްދިވެރި ބުނުންތަކާއި އަދި ޓީވީ ރޭޑިއޯ ޑްރާމާތަކާއި މަދަހަތަކާއި މި ނޫން ވެސް އަދަބީ އުފެއްދުންތަކުން އުފާ ލިބިގަތުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުގައި ކުރެވެމުން އަންނަ ކަމެއް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސާޖިދާ ވިދާޅުވީ ދިވެހި ގައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެ ގަތުމުގެ މަސައްކަތް ފެށޭ ކަމީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ. މިކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބަލައި ވަޒަން ކުރާ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. ގައުމީ އެކިއެކި ކަންކަމުގައި ގޮތް ނިންމާއިރު ގައުމެއްގެ ރައްޔިތުންގެ އުފާވެރިކަން ހުރި ނިސްބަތަށް ބަލަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ހާއްސަކޮށް ޑިމޮކޮރަސީގެ އުސޫލުތަކަށް ހިތްވަރުދޭ ސަރުކާރުތަކުން އެގޮތަށް ބަލައި ކަށަވަރު ކުރެވޭ” ސާޖިދާ ވިދާޅުވިއެވެ. އުފާވެރިކަމަކީ ވަރަށް ގިނަ އިން އިވޭ ލަފްޒަކަށްވާ އިރު، އެ ލަފްޒުގެ މާނައަކީ ހިތަށާއި ސިކުނޑިއަށް ލިއްބައިދޭ ތަނަވަސް ކަމާއި އަރާމު ކަމަށެވެ. އިލްމީ ވިސްނުމެއްގައި އުފާވެރި ކަަމކީ ކޮބައިކަން ދެެނެގަންނަން ވިސްނޭ ނަމަ ވާހަކަ މި ދެއްކެނީ މަފްހޫމަކާއި ބެހޭ ގޮތުން ނުވަތަ އުފާވެރިކަމޭ ބުނުމުން އެ ބުނެވެނީ އެތައް ކަމެއް އޭގައި އެކުލެވިގެންވާ “ފިނޯމިނާ” އެއްގެ ވާހަކަ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
“އިލްމުވެރިން ވިދާޅުވާ ގޮތުގައި އުފާވެރިކަމުގެ ތެރޭގައި ފަރުދީ އުފާވެރިކަން، އާއިލީ އުފާވެރިކަން، ދޭދޭ ރަހްމަތް ތެރިކަމުން ލިބިދޭ އުފާވެރިކަން، ޖަމާ އަރުގެ އުފާވެރިކަން އަދި ގައުމުގެ އުފާވެރިކަން ވަކިވަކިން މާނަ ކުރެވިދާނެ” ސާޖިދާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސާޖިދާ ވިދާޅުވީ ޖަމާއަތެއްގެ ނުވަތަ ބައެއްގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަންނަން އިލްމީ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭގެތެރޭގައި މާލީ ފުދުންތެރިކަން، ނަފްސާނީ ހަމަޖެހުން، ރޫހާނީ މުއްސަނދިކަން، ސިއްހީ ދުޅަހެޔޮކަން، އިޖްތިމާއީ ގުޅުންތެރިކަން އަދި ތަރިކަ އާއި ސަގާފަތުން ދޭ ހިތްފަސޭހަކަން ފަދަ ކަންކަން ބަލައި ވަޒަން ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
“މާލީ ގޮތުން ބަލާ ނަމަ ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދޭނެ ތަނަވަސް ކަން ފަހިވާން ޖެހޭ، އެއީ ކެއިން ބުއިމާއި ބޯހިޔާ ވަހިކަން ފަދަ ކަންކަން، ނަފްސާނީ ގޮތުން ބަލާ ނަމަ ބާރުވެރިކަމެއް ނެތް އަމާން ވެއްޓަކަށް ވާން ޖެހޭ، އަބަދުވެސް ޖާނާ ފުރާނަ އާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަން ޖެހޭ، ރޫހާނީ މުއްސަނދި ކަމަށް ބަލާ ނަމަ އިންސާނާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް އިންސާނާގެ އަަހްލާގުގައި ކިޔަމަންތެރި އުޅުމެއް ހަރުލާފައި ހުންނަން ޖެހޭ،” ސާޖިދާ ވިދާޅުވިއެވެ.
“ސިއްހީ ގޮތުން ބަލާ ނަމަ ދުޅަހެޔޮ ކަމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމާއި ބަލިވެއްޖެ ނަމަ އެކަށޭނެ ފަރުވާ ލިބުން ފަސޭހަ ކަމާއެކު ހަމަޖެހިފައި އޮންނަން ޖެހޭ، އިޖްތިމާއީ ގޮތުން ބަލާ ނަމަ ހުރިހާ އެންމެނާ ހެން ރަނގަޅު ގުޅުމެއް އޮންނަން ޖެހޭ، އެކަކު އަނެކަކަށް އިހްތިރާމް ކުރުން، ހެޔޮ ރީތި ބަސް މަގު ބޭނުން ކޮށްގެން ވާހަކަ ދެއްކުން، އަނެކުންގެ ގަދަރާއި ކަރާމަތަށް ރައްކާތެރިވުން، ބުނާ ބަހުގެ އިތުބާރު ހިފެހެއްޓުން، މިފަދަ އެތައް ސިފަ އަށަގަންނަން ޖެހޭ”
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
