
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ރާއްޖެ ފަހުރުވެރިވާ ދާއިރާއަކަށް ހެދުމުގެ އަޒުމުގައި މަސައްކަތް ކުރައްވާނެ ކަމަށް ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމުގެ ވުޒާރާ އާއި ތިމާވެއްޓާއި ބެހޭ ވަޒީރު އެއްކޮށްލައި އެ ވުޒާރާހެ ވަޒީރަކަށް ތޯރިގް އައްޔަން ކުރެއްވީ އިއްޔެއެވެ. އޭގެ ފަހުން ތޯރިގް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާއިން މިހާރު ކުރެވެމުންދާ ކަންކަން މިހާރަށްވުރެ ރަނގަޅަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އެންމެން ފަހުރުވެރިވާ އެންމެންނަށް ފައިދާކޮށް، އެ ދާއިރާ ހަރުދަނާ ކޮށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
“އެންވަޔަރެމެންޓް ދާއިރާ އާއި، ކުރިން އެ ވުޒާރާގައި ހުރި ސެކްޓާތައް ކުރިއަރުވާ، މި ދެ ދާއިރާއެއްކޮށް މަސައްކަތްކޮށްގެން، ވަރަށް މުހިންމު ކަންތައްތަކެއް ކުރެވިގެންދާނެ، އަދި އިރާދަކުރެވިއްޔާމުން، ކުރިއަށް އޮތްތަނުގައި ޓޫރިޒަމް، ސެކްޓާ އާއި އެންވަޔަރަމެންޓް ސެކްޓާއަކީ ރާއްޖެ ފަހުރުވެރިވާ ސެކްޓާއަކަށް ހެދުމުގެ އަޒުމުގައި އަޅުގަނޑު މަސައްކަތް ކުރާނަން،”. ވަޒީރު ވިދާޅުވިއެވެ. އެންވަޔަރަންމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި، ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގު މި އައްޔަން ކުރެއްވީ ކުރިން އެ މަގާމު ފުރުއްވި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރައްވާފައި ވަނިކޮށެވެ. ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
އެންވަޔަރަންމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމުން މި ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދަކީ 20 އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
