
(ފޮޓޯ ކްރެޑިޓްސް: ދަ ކެނޭޑިއަން ޕްރެސް)
ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައު ޓެރިފްތަކަށް ބަދަލުހިފުމުގެ ގޮތުން ކެނެޑާއިން މަޝްރޫބާތުން ފެށިގެން ގޭގެ ސާމާނާ ހަމައަށް އެމެރިކާގެ މުދަލަށް %25ގެ ޓެރިފް އަޅާނެކަމަށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ. އެމެރިކާގެ 155 ބިލިއަން ކެނޭޑިއަން ޑޮލަރު (107 ބިލިއަން އެމެރިކާ ޑޮލަރު) ގެ މުދަލަށް ޓެރިފް އަޅާ ވާހަކައެވެ. އޭގެ ތެރެއިން 30 ބިލިއަން ކެނޭޑިއަން ޑޮލަރުގެ މުދަލަށް އަޅާ ޓެރިފް ޢަމަލުކުރަން ފަށާނީ ޓްރަމްޕްގެ ޓެރިފްތައް ފަށާ ދުވަހު ކަމަށްވާ އަންގާރަ ދުވަހު ކަމަށާއި، ބާކީ 125 ބިލިއަން ކެނޭޑިއަން ޑޮލަރުގެ މުދަލަށް 21 ދުވަހުގެ ތެރޭގައި ޓެރިފް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރޫޑޯގެ މި އިޢުލާން އައީ ޓްރަމްޕް ކެނެޑާ އަދި މެކްސިކޯގެ އިމްޕޯޓްތަކަށް %25ގެ ޓެރިފް އަދި ޗައިނާގެ މުދަލަށް %10ގެ ޓެރިފް އަޅަން އަމުރުކުރިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ. މިއީ އިޤްތިޞާދީ މާހިރުން ބުނާގޮތުގައި ދުނިޔޭގެ ކުރިއެރުން މަޑުޖެހި އަދި އަލުން އިންފްލޭޝަން އުފެދުމަށް މަގުފަހިވެދާނެ ވިޔަފާރީގެ ހަނގުރާމައަކަށް މަގުފަހިކުރުމެކެވެ. ޓްރޫޑޯ އިންޒާރުދެއްވީ ކުރިއަށް އޮތް ހަފްތާތައް ކެނޭޑިއަނުންނަށް އުނދަގޫވާނެ ކަމަށާއި ޓްރަމްޕްގެ ޓެރިފްތަކުން އެމެރިކާގެ ރައްޔިތުންނަށްވެސް ގެއްލުންވާނެ ކަމަށެވެ.
އެމެރިކާގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން އޭނާ ވިދާޅުވީ: “އެ ޓެރިފްތަކުން ތިޔަބައިމީހުންނަށް އަގުތައް މައްޗަށް ދާނެއެވެ. އޭގެ ތެރޭގައި ފިހާރަތަކުން ގަންނަ ކާބޯތަކެއްޗާއި، ޕެޓްރޯލް ޕަންޕުން ގަންނަ ތެޔޮ ހިމެނެއެވެ. އަދި މުހިންމު މުދާތައް އަތްފޯރާފަށުގައި ލިބުމަށް ހުރަސްއަޅާނެއެވެ.”
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
