
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންޑިއާގެ 2025-2026 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު މިދިޔަ އަހަރަށް ކަނޑައެޅި ވަރަށް ވުރެ އިތުރުކުރަން ނިންމައިފި އެވެ. މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ވަނީ އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ކަނޑައަޅާފަ އެވެ. މިދިޔަ އަހަރު ފާސްކުރި 2024-2025 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) ގެ ބަޖެޓެކެވެ. އެއީ އެ އަހަރަށް ލަފާކުރި އަދަދަށް ވުރެ 18 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. އެ އަހަރު އެންމެ ފުރަތަމަ ރާއްޖެއަށް ދޭ އެހީގެ ގޮތުގައި ލަފާކުރީ 72 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އެވެ.
އިންޑިއާއިން ގައުމުތަކަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ދޭން ނިންމާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދެނީ ނޭޕާލަށެވެ. އެގައުމަށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ އެހީ ދޭން ނިންމާފައިވެ އެވެ. ދެވަނައަށް އެންމެ ބޮޑު އެހީއެއް ދެނީ ރާއްޖެއަށެވެ. އެއީ އެގައުމުން އެހެން ގައުމުތަކަށް ދޭން ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް 25 ޕަސެންޓެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެފައި އޮތަސް، އެގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ. މިދިޔަ މަހު އެގައުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލު ވެސް ވަޑައިގެންނެވި އެވެ. އިންޑިއާއިން ތިން ވަނައަށް އެންމެ ބޮޑު އެހީއެއް ދެނީ މޮރިޝަސްއަށެވެ. އެގައުމަށް 58 މިލިއަން ޑޮލަރު (894 މިލިއަން ރުފިޔާ) ދޭން ކަނޑައަޅާފައިވެ އެވެ. އެ ތިން ގައުމުގެ އިތުރުން އިންޑިއާއިން އަންނަނީ އަފްޣާނިސްތާން، ބޫޓާން، ބަންގްލަދޭޝް، މިޔަންމާ، ލަންކާ، މޮންގޯލިއާ، ސީޝެލްސް އަށް ވެސް އެހީވަމުންނެވެ.
އެގައުމުން މި ނިމުނު އަހަރުގެ ބަޖެޓުން ގައުމުތަކަށް އެހީވުމަށް 293 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) ގެ ބަޖެޓެއް ފާސްކުރި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
