
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ހަދަނީ ދޮގު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ޤާނޫނި އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށާއި ވެރިކަމުން ބޭލީމާ އުޅެނީ ހަޖަމު ނުވެގެން ކަމަށެވެ. ދިވެހި ރައްޔިތުންނާއި މި ޤައުމު ފުނޑާލާފާ އޮތީ އެމްޑީޕީން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
“ހައްގުވެރިން އަތުން ފްލެޓާއި ނުހައްގުން ބިން ބަހާފައި އޮތީ ވެސް ހަމަ ތިބޭފުޅުން. ދެން ވެސް ބަލި ކުރާނަން. އިންޝާﷲ” ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޝުޖާއު ވިދާޅުވީ، އެމްޑީޕީން ރޭ ބޭއްވި ހިނގާލުމުގައި އެބޭފުޅުންނަށް ލިއްބައިދިން މިންްވަރަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ނުލިބުނު ކަމަށެވެ. އެހެން ކަމުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލީ އެމްޑީޕީން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
“ފުދިއްޖެ”، “ފުނޑިއްޖެ”، މި ޝިއާރުގެ ދަށުން މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޭއްވި ފުރަތަމަ ހިނގާލުމެވެ. މި ހިނގާލުމަށް ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފިނި ތަރުޙީބެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
