
ދިވެހިރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީ އާރް ވީ އެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ކޮންޓްރޯލް ޑޭޓާ ލިމިޓެޑާއި ހަވާލުކޮށްފިއެވެ. ވޯލްޑްބޭންކްގެ ހިލޭ އެހީގެ ދަށުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގަމުންދާ “ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ. އަދި ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަ މިސްޓަރ ނާރޓް ލިއުޗަރެއޮންއެވެ.

މި އެއްބަސްވުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮށްދެވޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާކުރުމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ޑީމެޑް ޕްރޮޖެކްޓްގެ 2 ވަނަ ކޮމްޕޯނަންޓްގެ ދަށުންނެވެ. މި ނިޒާމު ޤާއިމްކުރެވުމުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްޚަތާބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސް ހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ސައްޚަކަމާއި، ރައްކާތެރިކަމާއި އަދި ރިއަލްޓައިމްކޮށް އެކަށީންގެވާ ގޮތެއްގައި ލިބުމަށް މަގު ފަހިވެގެންދާނެއެވެ.
މި މަސައްކަތް ނިމުމާއިއެކު، ޑީއެންއާރަށް ބޭނުންވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ ހޯދުމުގެ މަސައްކަތް ޑީމެޑް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކޮންޓްރޯލް ޑޭޓާ (ތައިލޭންޑް) ލިމިޓެޑް (ސީޑީޓީ)އަކީ ޑޭޓާ ބެކަޕް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ފެށި، އަދި ފަހުން އެމެރިކާގެ ކޮންޓްރޯލް ޑޭޓާ ކޯޕަރޭޝަންގެ ގޮތްޕެއްގެ ގޮތުގައި ތައިލޭންޑްގެ ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ވިޔަފާރިތަކަށާއި އަދި އަމިއްލަ ކުންފުނިތަކަށް ކޮމްޕިއުޓަރ މެއިންފްރޭމްތައް ފޯރުކޮށްދޭން ފެށި ކުންފުންޏެކެވެ.
ސީޑީޓީ އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ބަޔޮމެޓްރިކްއަށް ޚާއްޞަވެފައިވާ ޓެކްނޮލޮޖީ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ޤައުމީ އައިޑީ ސިސްޓަމްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން، ސީޑީޓީ އިން ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް އައިޑެންޓިޓީ ވެރިފިކޭޝަން ޕްލެޓްފޯމްތައް ތަރައްޤީކޮށްފައެވެ. މީގެ ތެރޭގައި ތައިލެންޑްގެ ރައްޔިތުންނަށް އޮންލައިން މުޢާމަލާތްތަކުގައި އަދި ސަރުކާރުގެ ޚިދުމަތްތަކަށް ރައްކާތެރިކަމާއެކު އެމީހެއްގެ އައިޑެންޓިޓީ ކަށަވަރުކޮށްދިނުމަށް އެހީތެރިވެދޭ ތައި ޑިޖިޓަލް އައިޑެންޓިޓީ (ތައި އައިޑީ) މޮބައިލް އެޕްލިކޭޝަން ހިމެނެއެވެ. މީގެ އިތުރުން، ސީޑީޓީ އިން އަންނަނީ 1983 ވަނަ އަހަރުން ފެށިގެން ތައިލެންޑްގެ، އުފަންވުމާއި މަރުވުން އަދި އެހެނިހެން ވައިޓަލްސް ރެކޯޑުތައް ބަލަހައްޓާ ޑިޖިޓަލް ނިޒާމުޤާއިމްކޮށް ބެލެހެއްޓުމުގެ މުހިންމު ދައުރެއް އަދާކުރެއެވެ.
އަދި 1990 ވަނަ އަހަރު މި ނިޒާމަށް ވަނީ ވޮޝިންޓަންގެ “ކޮމްޕިއުޓަރ ވޯލްޑް ސްމިތްސޯނިއަން އެވޯޑް ފޮރ އިމްޕްލިމެންޓިންގް ކޮމްޕިއުޓަރ ޓެކްނޯލޮޖީ ޓު ޕްރޮޑިއުސް ބެނިފިޝަލް ޗޭންޖަސް ފޮރ ސޮސައިޓީ” އެވޯޑް ލިބިފައެވެ.
ޑީމެޑް ޕްރޮޖެކްޓްގެ ވެބްސައިޓް dmadd.gov.mvމެދުވެރިކޮށް އެޕްރޮޖެކްޓް އިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
