
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިހާރު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމާއި މެދު ރައްޔިތުން ދެކޭ ގޮތް ބަަލަން ސާވޭއެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެ ވުޒާރާގެ 5 އަހަރުގެ އެކްޝާން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހުރި ރަށްރަށުގެ ތެރެއިން އެރަށެއްގެ ރައްޔިތުން އެހެން ތަނަކަށް ހިޖުރަ ކުރުމާއި ދޭތެރޭގައި ވިސްނުންފުޅު ހުރިގޮތް ދެނެގަތުމުގެ ސާވޭއެއް ކުރިއަށް ގެންދަން ރައީސް ޑރ. މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އަދި ރައީސް ހަވާލުކުރެއްވި އަނެއް މަސައްކަަތަކީ ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތް އެ ވުޒާރާއިން އިސްނަންގައިވެން ކުރިއަށް ގެންދިއުން ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިހިރީ އަޅުގަނޑުމެން ކުރަން ޖެހޭނެކަންކަން ކަން ދަނެގެން، އަޅުުގަނޑުމެން އެބަ ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަން އިތުރު ހިތްވަރާއި އެކީގައި މަސައްކަތް ކުރުން،” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ މުޅި ރާއްޖެ ތަރައްގީ ކުރުމުގައި، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި، މި ވުޒާރާއަކީ މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށެވެ.
އަދި އެ ވުޒާރާއަކީ މުޅި ރާއްޖެއަށް މިއަދުވެސް، ފެތުރިފައިވާ ވަަރަށް ބޮޑު ވުޒާރާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިހާރުވެސް މިނިސްޓްރީގެ ޓީމެއް އަތޮޅުތަކުގައި ހަރަކަތްތެރިވަމުން އެބަދޭ، އަދި މިހާރުވެސް އަޅުގަނޑުމެންގެ ހުރި ޕަބްލިކް ވޯކްސްގެ ސައިޓްތަކުން ކުރަން ޖެހޭ ކޮންމެ މަސައްކަތެއް، އެއީ މިވަގުތު ކަަމަށް ވިޔަސް، އެކަމަކަށް ފަސް ޖެހުމެއް ނެތި ކުރަމުން ގެންދަވާ، އެހެންވީމަ އަޅުގަނޑުމެންގެ މިނިސްޓްރީއަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު މިނިސްޓްރީއެއް،”. އޭނާ ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިހާތަނށް ކުރެވުނު މަސައްކަތާއި އެކީގައި ރާއްޖޭގައި ކޮންމެ ރަށެއްގައި ހުރި ކައުންސިލްތަަކަކީވެސް މިއަދު އެ ވުޒާރާއާ އެކުގައި މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި އެއީ އެ ވުޒާރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.
“ސަބަބަކީ އަތޮޅުތަކުގައި ކައުންސިލްތައް، ތަރުތީބު ކުރެވިފައިވާ ގޮތުންވެސް އާ ވުޒާރާއެއް އުފެދިގެންދާއިރު، ވަރަށް ރަނގަަޅަށް، މަސައްކަތް ކުރެވުނީމަ ހަގީގަތުގައި ކައުންސިލްތަކާއި އަޅުގަނޑުމެންނާއި މިހާ ރަނގަޅު ގުޅުމެއް ގާއިމް ކުރެވިފައި އޮތީ،”. ވަޒީރު ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
