
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ. ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރިޔާދުގައި ދިރިއުޅޭ ދަރިވަރުންނާ، ރިޔާދުގައި ދިރިއުޅޭ ދިވެހި ސިފައިންނާ އަދި ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކާލެވުމަކީ ލިބުނު އުފަލެއް ކަމުގައި ދެކިވަޑައިގަންނަވާ ކަަމަށެވެ.
ގައުމު ކުރިއެރުވުމަށް އެ ދަރިވަރުންގެ ހިއްސާ ވަރަށް ބޮޑުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި، ރާއްޖޭގެ ހަރުދަނާކަމާއި ކުރިއެރުމަށް ޓަކައި، އެ ފަރިވަރުންގެ ހިތްވަރާއި ސާބިތުކަން ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ސައުދީގައި ދިރިއުޅޭ ދިވެހީންނަށް އެބާރުލުން ދީ، އެ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތް އަބަދުވެސް ދެމި އޮނާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރުގެ މި ދަތުރުފުޅުގައި ސައުދީގެ ޚާރިޖީ ވަޒީރު ހިޒް ހައިނެސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދާއި، ސައުދީ ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިންނާ ބައްދަލުކުރެއްވިއެވެ.
އެގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅުން ބަދަހިކުރެވޭނެ އާ މަގުތައް ހޯދުމަށް މަޝްވަރާކުރައްވާނެ ކަމަށް ވެސް ވަޒީރު ވަނީ ކުރިން ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
