
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހއ. ހޯރަފުށީގައި ހެދިފައިވާ ޖުވެނައިލް ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ. ރައީސް މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ވަނީ ހޯރަފުއްޓަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ޖުވެނައިލް ހާފްވޭ ހައުސް ހުޅުވައިދެއްވާފައެވެ. މިއީ ޖުވެނައިލް ޖަސްޓިސްގެ ހާފްވޭ ހައުސްއެއް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ހުޅުވިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި ހާފްވޭ ހައުސްއަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ޓަކައި ފަރުވާގެ ނިޒާމާއެކު ޤާއިމުކުރެވިފައިވާ ތަނެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ 200 އަށްވުރެ ގިނަ ކުޑަކުދިން މިހާރު ވެސް ރާއްޖޭގައި އެބަތިއްބެވެ.
އެފަދަ ކުދިން ރިހިބިލިޓޭޓުކޮށް، ދީނީ، އަދި ތައުލީމީ ގޮތުންނާއި އެކުދިންނަށް ބޭނުންތެރި އެކިއެކި ޕްރޮގުރާމުތައް މި ހާފްވޭ ހައުސްއިން ކުރިއަށް ގެންދާނެއެވެ. އަދި އެ ކުދިންނަށް ހުނަރު ދަސްކޮށްދޭ ޕްރޮގުރާމުތައްވެސް ކުރިއަށް ގެންދާން ސަރުކާރުން ނިންމާފައިވާއިރު، ހިދުމަތުގައި އުޅެފައި އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް ފުރުސަތު ދެވިގެންދާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ކުޑަކުދިން ސަލާމަތްކޮށް އެކުދިންނަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިއަދު ހުޅުވިގެން މިދިޔަ ހާފްވޭ ހައުސްއަކީ ވެސް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހުޅުވުނު ތަނެކެވެ. ހޯރަފުށީގައި ހާފްވޭ ހައުސް ޤާއިމުކުރުމުގެ މަސައްކަތަކީ 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށް ކުރިޔަށް ގެންދެވުނު މަސައްކަތެކެވެ. މިއީ 6.1 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
އިހުސާން ވިދާޅުވީ، އެ ރަށުގައި އެކުދިންނަށް އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށާއި 18 އަަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ވަޒީފާއަށް އެކުދިން ނަގާނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޖިނާއީ ކުށަށް ދައުވާ ކުރެވޭ އުމުރުން 15 އަހަރުން 12 އަހަރަށް ދަށް ކުރާން ސަރުކާރުން ވަނީ ނިންމާފައެވެ. ސަބަބަކީ 15 އަހަރުން ދަށުގެ ކުދިން ވެސް ކުށުގެ ވެއްޓަށް ހުށަހެޅި ކުށްތަކަށް އަރައިގަންނާތީއެވެ. އެހެންކަމުން ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މިއީ ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ޤާނޫނީ ލަފާދޭ ފަރާތްތަކުން ވެސް ވަނީ ބުނެފައެެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
