
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގާނޫނުއަސާސީ ނުވަތަ ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރެވޭނެ ކަމަށާއި ގާނޫނުއަސާސީން ބޭރުން ކަންތައްތައް ކުރުމަކީ ދިވެހި ރައްޔިތަކަށް ލިބިފައިވާ އެއްވެސް ހައްގެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީގައި ރޭ ވިދާޅުވެއްޖެއެވެ. ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ގާނޫނުއަސާސީން ލިބިދޭ ހުރިހާ ހައްގުތަކެއް ފުރިހަމަ ގޮތުގައި މި ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ގާނޫނުއަސާސީ ނުވަތަ ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ. އެއާއެކީގައި ދަންނަވާލަން ބޭނުން ވަނީ ގާނޫނުއަސާސީން ބޭރުން، ގާނޫނުން ބޭރުން އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތަކެއް ކުރުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ. ގާނޫނުއަސާސީން ބޭރުން ކަންތައްތައް ކުރުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އޭގެ ބޭރުން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސް އެޅުން، މުސްތަގުބަލަށް ހުރަސް އެޅުމަކީ އެއްވެސް މީހަކަށް އޮންނާނެ ހައްގެއް ނޫން. އެހެންވީމަ މިކަމުގައި ކުރިއަށް ދިއުމުގައި އަޅުގަނޑުގެ ޒިންމާ، އަޅުގަނޑު އަދާކުރާނަން،” އަންނަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ސަރުކާރާ ދެކޮޅަށް އެއްވުމެއް ބާއްވަމުން އަންނަ ދަނޑިވަޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“އަޒުމަކަށް ވާންވީ ތަރައްގީގެ ކަންކަމުގައި އެކަތިގަނޑަކަށްވާން”
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންގެ އަޒުމަކަށް ވާންވީ ތަރައްގީގެ ކަންކަމުގައި އެކަތިގަނޑަކަށް ވާން ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް އަންނަ ކޮންމެ ތަރައްގީއަކީ ތިމަންނަ އަށް ވެސް ލިބޭ އުފަލަކާއި ފަހުރެއް ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ މީހަކީ ގައުމު ދެކެ ލޯބިވާ، ގައުމު އިސް ކުރާ، “ގައުމީ” މީހަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެ ގައުމީ ލޯތްބާ އެކުގައި ގުޅިލާމެހިގެން ދިޔައީމަ އޭރުން ހަގީގަތުގައި އަޅުގަނޑުމެންގެ ގައުމު ހަގީގީ މާނައިގައި ކުރިއަރައިގެން ދާނީ. އެ ހަމަޖެހުން، އެ ޔުނިޓީ އަޅުގަނޑުމެންގެ ތެރޭގައި ގާއިމުވެގެން ގޮސްގެން އަޅުގަނޑުމެންނަށް ފުރިހަމަ ކާމިޔާބީތަކެއް ލިބޭނީ.” ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިންގެ ވިސްނުންތަކާއި ވިސްނާ ގޮތް ތަރައްގީވާން ޖެހޭ އިރު، ގައުމު ތަރައްގީ ކުރުމުގައި އެކަތިގަނޑަކަށް ވާން ޖެހެއެވެ. އަދި ތަރައްގީގެ ފަހަތަށް އަންނަން ވާނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާއި އެހެނިހެން ހިޔާލުތަފާތުވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ގައުމަށް މި ލިބޭ ކޮންމެ ކުރިއެރުމަކީ ތިމަންނާއަށް ވެސް ލިބޭ ކުރިއެރުމެއް ކަން ހަގީގަތުގައި ވެސް ވިސްނާލައިފިއްޔާ ކޮންމެ ބޭފުޅަކަށް ވެސް ގަބޫލު ކުރެއްވޭނެ. އެކަން ގަބޫލު ކުރައްވަން ވާނެ. އެހެންވީމަ ކީއްވެތޯ އެގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާން ނުނިންމަންވީ؟” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
