
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދި ގާނޫނުގެ ސަބަބުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 25 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީގައި ރޭ ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި ހައްލު ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރީ ޑޮލަރުގެ ތާށިކަމުގެ މައްސަލަ ކަމަށެވެ. އެކަން ހައްލު ކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހަދައި ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުގައި ތަންފީޒު ކުރަން ފެށި ގާނޫނަށް ގިނަ ރިސޯޓުތަކެއްގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. އެކަމަކު، އެ ގާނޫނަށް ތަބާނުވާ މަދު ރިސޯޓުތަކެއް އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
“ޖުމްލަކޮށް ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ ރިސޯޓަކުން އެކަމަށް ތަބާވެ، ދަނީ ޑޮލަރު މާރު ކުރަމުން. އެމްއެމްއޭގެ ގަވަރުނަރު އެންމެ ފަހުން އަޅުގަނޑަށް ދިން މައުލޫމާތު، އެއީ މިދިޔަ ހޯމަ ދުވަހު ދިން އަޕްޑޭޓްގައި ވެސް 25 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި. އެއީ އެއް މަހުގެ ތެރޭގައި،” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، އެމަނިކުފާނު ތަސްދީގު ކުރައްވާފައިވާ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ އެއްވެސް ވިޔަފާރިވެރިއަކަށް އިސްތިސްނާއެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވެސް ދެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ކޮންމެ ރިސޯޓެއް ކަމުގައި ވިޔަސް، އަދި އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ކޮންމެ ފަރާތެއް ވިޔަސް ހަމަ ޖެހޭނީ އެކަން ކުރައްވަން ގާނޫނާ އެއްގޮތަށް. އެހެންވީމަ އެކަން ރަނގަޅަށް ތަންފީޒު ކުރެވިގެން ދިޔައީމަ، އަޅުގަނޑުމެންގެ އިގްތިސާދަށް ވަރަށް ބޮޑެތި ފަސޭހަތަކެއް އަންނާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަ މަހުން ފެށިގެން އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ވެސް ކަންކަން ފަހި ކުރެވި ހުރިހާ ރައްޔިތުންނަށް ވެސް އެކަމުގެ ފައިދާ ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އިގްތިސާދަށް ރަނގަޅު ބަދަލުތައް މިހާރު ވެސް ގެންނަމުންދާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ދަތި، އުނދަގުލުގެ ތެރެއިން މިހާ ހިސާބަށް އާދެވުނީ އެއްވެސް ވަރަކަށް ފައިސާ ވެސް ޗާޕު ނުކޮށެވެ. އިގްތިސާދު ހަލާކު ކުރަން މި ސަރުކާރުން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެހެންވީމަ ވައުދުތަކާ އެއްގޮތަށް އިގްތިސާދު ހަރުދަނާ ކުރުމުގެ މަސައްކަތް މި ކުރަނީ،” ރައީސް ވިދާޅުވިއެވެ.
އެއް މިސާލު ނަންގަވައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ސަރުކާރާ ހަވާލުވި އިރު، މަސްވެރިންނަށް ދޭން ޖެހޭ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިއިރު، މިދިޔަ ޑިސެމްބަރާ ހަމައަށް ދައްކަން ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހަމަ އެގޮތަށް ކުރިއަށް ދާނެ އިރާދަކުރެއްވިއްޔާ، ދެން އޮންނަ ކޮންމެ ދުވަހަކު ވެސް،” މަސްވެރިންނަށް ދިމާވެފައި ހުރި އެހެނިހެން ކަންކަން ވެސް ފުރިހަމަކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިގްތިސާދު ސިންދިފާތު ކުރުމަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއަކީ ވެސް މުހިންމު މަޝްރޫއެއް ކަމަށެވެ.
ރައީސް މުއިއްޒު ހޯރަފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް:
– ހޯރަފުށީގައި 200 ހައުސިން ޔުނިޓް އެޅުން
– ހޯރަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގުން
– ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުކުރުން
– މަޑުޖެހިފައި އޮތް ހޮސްޕިޓަލްގެ މަސައްކަތް ފުރިހަމަކުރުން
– ފުޓްސަލް ދަނޑެއް އެޅުން
– ހޭންޑް ބޯޅަ ކުޅޭނެ ކޯޓެއް އެޅުން
– ބަނދަރުގެ ފެންވަރު ރަނގަޅުކޮށް ދިނުން
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
