
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. އިހަވަންދޫގެ ހޮސްޕިޓަލް އިމާރަތް ކުރުމާއި ހުރަވީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހއ. އަތޮޅުގެ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ޖަލްސާގައި އެރަށުގައި ހޮސްޕިޓަލް އިމާރާތް ކުރުމަށް އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސިއްހީ ވުޒަރާގެ ފަރާތުން ވަޒީރު މުހައްމަދު ނާޒިމް އިބްރާހިމް ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑަރ ޖެނެރަލް އަލީ ޒުހައިރެވެ.
މިރަށު ހުރަވީ ފުޓްބޯޅަދަނޑު ތަރައްގީ ކުރުމަށްވެސް ހަވާލުކޮށްފައި ވަނީ އާރްޑީސީއާއެވެ. މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު އަބްދުﷲ ރާފިއު ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑަރ ޖެނެރަލް އަލީ ޒުހައިރެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މީގެ ދެ އަހަރު ކުރިން ކުރީގެ ސަރުކާރުގައި އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ޑުޕްލެކްސް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލު ކުރިއެވެ. 18 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް ހޮސްޕިޓަލް އަޅަން ހަވާލު ކުރި ނަމަވެސް މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 123،303،792ރ. އަށެވެ. އިހަވަންދޫ ހޮސްޕިޓަލް އިމާރާތުގެ މަޝްރޫއާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހޮސްޕިޓަލް މަޝްރޫއަކީވެސް މިރަށު ސިއްހީ ދާއިރާއަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ، އެމަނިކުފާނު ކުރިއަށްގެންދަން ވައުދުވި މަޝްރޫއެއް ކަަމަށެވެ.
“އިރާަދަކުރެވިއްޔާ ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމަދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން،”. އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ހޮސްޕިޓަލް އިމާރާތް އެޅެން ދެން، ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ގެނައުމަކީ ކުރާނެ ކަމެއް ކަަމަށެވެ. އެގޮތުން ޑަޔަލިިސިސް ހިދުމަތް ގާއިމް ކުރުމަށްޓަކައި ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެވިއްޔާ ރަަމަޟާން މަސް އަންނަން ވާއިރަށް، މާނައަކީ ފެބްރުއަރީ މަސް ނިމެންވާއިރަށް ޑަޔަލިިސިސް ހިދުމަތް ގާއިމް ކުރެވިގެން ދާނެ،”. ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
