
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓް އިމާރާތްކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށުގައި ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅަން ބޭނުންވާ ކޮންޓްރެކްޓަރުން ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. އިހަވަންދޫގައި ވަކި އަދަދަކަށް ހައުސިން ޔުނިޓް އަޅަން މީގެކުރިން ވައުދުވެވަޑައިގެންފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަކު، މި ރަށަކީ ވެސް ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުން ދިރިއުޅެމުން އަންނަ ރަށެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އިހަވަންދު އަށް 100 ހައުސިން ޔުނިޓް ކަނޑައަޅާ ގޮތަށް ކުރިން އޮތް ކަމުގައި ވިޔަސް، އެ ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގައި 200 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް މި އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. މީގެކުރިން އެއް އަހަރު ދުވަހެއްގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިހާ ބޮޑު އަދަދެއް ހިމަނާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގެދޮރު މައްސަލަ ހައްލު ކުރުމަކީ ރާއްޖެއަށް މިވަގުތު އެންމެ މުހިންމު ކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. “މި ދެންނެވި މަޝްރޫއުތައް ފަށަން މިހާރު ވަނީ އިއުލާންކޮށްފައި. މާލޭގައި ވަކި މަޝްރޫއުތަކެއް ހިނގާނެ، އެ ލިސްޓުގައި މާލެއެއް ނުހިމެނޭ. އެއީ ވަކި މަޝްރޫއުތަކެއް. އެކަން ވަކިން އިއުލާން ކުރާނަން. ރާއްޖޭގެ އެހެން ހުރިހާ ރަށެއް އެކުގައި މިހާރު އެ ވަނީ އިއުލާން ކުރެވިފައި. އޭގެ ތެރޭގައި މި ރަށަށް 200 ހައުސިން ޔުނިޓް ހަމަޖެހިފައިވަނީ،” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
