
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް 416 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ އިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިހަވަންދޫއަކީ މަސްވެރިކަމުގެ ސިނާއަތުގައި މުހިންމު ރަށެއް ކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ ގޮތުން އިހަވަންދޫގައި ވެސް ކަންތައްތަކެއް ކުރުމަށް ވައުދުވެވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް އިދާރީ އަދި ފަންނީ މަސައްކަތްތައް ފުރިހަމަ ކުރުމަށް ފަހު މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫގެ ދަށުން އެކިއެކި ބައިތައް ހިމެނެއެވެ. އޭގެ ތެރޭގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއަކާއި އޮފީސް އިމާރާތް، އިންޖީނުގެ، ވެހިކަލް ވޯކްޝޮޕަކާއި ގުދަނަކާއި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި 3.5 މީޓަރު ފުންމިނުގެ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މި ބަނދަރަކީ ތިން ޕޮއިންޓަކުން މަސް ކިރޭ ޖެޓީއާއެކު ތަރައްގީ ކުރާ ބަނދަރެކެވެ. މި ކޮމްޕްލެކްސްގެ ޖުމްލަ އަގަކީ ރައީސް ވިދާޅުވި ގޮތުން ނަމަ، 416 މިލިއަން ރުފިޔާއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަން ލިބިގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ބަނދަރުގެ އަގު 58 މިލިއަން ރުފިޔާއަށް އަރާއިރު، ޖުމްލަ 474 މިލިއަން ރުފިޔާ، މުޅި މަޝްރޫއަށް ހަރަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “ޖުމްލަ 474 މިލިއަން ރުފިޔާ، އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި އަޅުގަނޑުމެން ހަރަދު ކުރާނަނ، މި މަޝްރޫއުގެ ދަށުން” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ހިމެނޭ ހުރިހާ ކަމެއް ނިންމާލުމަށް 18 މަސް ދުވަސް ހޭދަވާނެއެވެ. އެކަމަކު، އެއަށް ވުރެ އަވަހަށް ބައެއް ކަންކަން ނިމި ބޭނުން ކުރަން ފެށޭ ވަރު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަޝްރޫއު ނިމުމާ އެކުގައި 150 ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މަސްވެރިކަމުގެ އިންޑަސްޓްރީއަށް ލިބޭ ކުރިއެރުމާ އެކީގައި ވަޒީފާ ވެސް އިތުރުވެގެން މި ދަނީ،” ރައީސް ވިދާޅުވިއެވެ. އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސް އެޅުމުގެ އިތުރުން އެ ރަށުގެ ފުޓްބޯޅަ ދަނޑާއި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ވަނީ ހަވާލުކޮށްފައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އެ މަޝްރޫއުތައް ވެސް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައީސް ވައުދުވެވަޑައިގެންނެވި މުހިންމު ކަންކަން:
– ކުޅިވަރު ކޮމްޕްލެކްސްއެއް ގާއިމުކުރުން
– އިސްލާމިކް ސެންޓަރެއް އެޅުން
– މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއެއް ކުރިއަށް ގެންދިއުން
– ޑައިލަސިސް ހިދުމަތް ފެބްރުއަރީ މަހު ގާއިމުކުރުން
– ވެމްކޯގެ ހިދުމަތް ފެށުން
– 200 ހައުސިން ޔުނިޓް އެޅުން
– ފައިބަރުގެ މަސައްކަތް ކުރާނެ ވަކި ސަރަހައްދެއް ހާއްސަކުރުން
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިހަވަންދޫ ފަޅުތެރެއިން ދިގުފަރު ހިއްކައި އެ ރަށަކީ ސިނާއީ މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި ހަދަން ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އިހަވަންދޫގެ އިހްތިސާސްގެ ތެރޭގައި ރަށެއް ހިމަނައި ދިނުމަށް އެދިފައިވާތީ އެކަމާ މެދުގައި ވެސް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
