
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފިއެވެ. އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި މި ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނާއި އިހަވަންދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ބައެއް އާންމުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހިމެނޭ ފެސިލިޓީތަކުގެ ތެރޭގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއަކާއި އޮފީސް އިމާރާތް، އިންޖީނުގެއެއް ހިމެނެއެވެ. އަދި ވެހިކަލް ވޯކްޝޮޕަކާއި ގުދަނަކާއި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި 3.5 މީޓަރު ފުންމިނުގެ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މި ބަނދަރަކީ ތިން ޕޮއިންޓަކުން މަސް ކިރޭ ޖެޓީއާއެކު ތަރައްގީ ކުރާ ބަނދަރެކެވެ.
މި މަޝްރޫއާއެކުގައި 150 އަށް ވުރެ ގިނަ ވަޒީފާ އުފެދޭ އިރު، މިއީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ރަސްމިއްޔާތުގެ ކުރިން، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވި ގޮތުގައި މި ކޮމްޕްލެކްސްއާ އެކުގައި އުތުރުގެ މަސްވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އިހަވަންދޫ ރައްޔިތުން މި މަޝްރޫއަށް އިންތިޒާރު ކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު އިސް ނެންގެވުމަކާ މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓް ހަގީގަތަކަށް ވެގެން މިދަނީ، މިއީ އިހަވަންދޫގެ މަސްވެރިންނާއި މި ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު އުންމީދެއް ގެނުވައި ދޭނެ މަޝްރޫއެއް.” ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ހއ. އަތޮޅުގައި ތިބި މަސްވެރިން މަސް ކިރަން ދާން ޖެހެނީ ޅ. ފެލިވަރަަށެވެ. އެއީ މަސްވެރިން އަންދާ ވަރަށް ގިނަ ތެޔޮކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ މި މަޝްރޫއު ނިމުމާއެކު، މަސްވެރިން އަތުން އެހާ ބޮޑު ހޭދައެއް ދެން ކުރަން ނުޖެހޭނެ ކަމަށެވެ.
“އެހެންވީމަ ވަރަށް ބޮޑު އެއްޗެއް ސޭވްވެގެން ދާނެ މަސްވެރިންނަށް. އޭގެ މާނައަކީ މަސްވެރިންގެ ޖީބަށް ލާނެ ފައިސާ އިތުރުވެގެން ދާނެ،” ޝިޔާމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
