
(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
ވިލިމާލެ، ގުޅީފަޅު، ތިލަފުށީގެ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް އެ ތަންތަނުގެ އިންޖީނުގެތަކުގެ މުވައްޒަފުންނާއި މަޝްވަރާކޮށްފިއެވެ. ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހްމީ އާއި ކުންފުނީގެ އިސްވެރިން ކ. ދިއްފުށީގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބައްލަވާލައްވާފައިވާ ކަމަށެވެ.
އަދި ވިލިމާލެއާއި، ގުޅީފަޅުގެ އިތުރުން ތިލަފުށީގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށާއި، ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ދެނަގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ އިންޖީނުގެތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ގެންދަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތް އެންމެ ރަނގަޅު ފެންވަރުގައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ އިތުރުން ކުރިއަށް ރޯދަ މަހުގައި ކަރަންޓު ހިދުމަތް މެދު ނުކެނޑި ރަށްތަކަށް ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅަކަށްވާއިރު އެ ވައުދުފުޅު ފުށްދެމުމަށް ވެސް ސްޓެލްކޯއިން ގެންދަނީ މަސައްކަތްތައް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
