
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދު އަށް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން އެ ރަށުގެ ގިނަ ބަޔަކު ނުކުމެއްޖެއެވެ. ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އިން މީހުން ދިރިއުޅޭ އެއް ރަށް ކަމުގައިވާ އިހަވަންދު އަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތީ އިއްޔެ ހަވީރެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އިހަވަންދު އަށް ވަޑައިގަތުމުން ރައީސް ޑރ. މުއިއްޒަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އެ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނަސީރާއި އިހަވަންދޫގެ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނެވެ. ރައީސަށް މަރުހަބާ ކިޔުމަށް އިވަންދޫގެ ކުދިބޮޑު ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވިއެވެ. ބަނދަރުން ފެށިގެން ރަށުގެ ގާތްގަނޑަކަށް މެދަކާ ހިސާބަށް ސަފުތައް އޮތީ ދަމާލައިފައެވެ. އެމީހުންނާ ސަލާމް ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު 15 ވަރަކަށް މިނެޓު ވަނީ ހޭދަކުރައްވައިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަފުގައި ހުރި މީހަކު ކިޔައި ދިން ގޮތުގައި އިހަވަންދޫގެ ރައްޔިތުންގެ ހާއްސަ ލޯތްބެއް އޮތީ ރައީސް ޑރ. މުއިއްޒަށް ދެވިފައެވެ. އެމީހުންގެ އުންމީދުތަކުގައި ކުލަ ޖައްސައި ދެއްވާނެ ވެރިއަކީ ރައީސް ޑރ. މުއިއްޒު ކަމަށް ވެސް އެ މީހާ ބުންޏެވެ. ރައީސް ޑރ. މުއިއްޒު އިހަވަންދު އަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. ރައީސް އިހަވަންދު އަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގައި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގައި ހެދި ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ރައީސް ހުޅުއްވައި ދެއްވާ އިރު، އެމަނިކުފާނު ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާނެއެވެ.
އެންމެ ފަހު ކަމަކަށް އޮންނާނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމެވެ. އެ ބައްދަލުވުމުގައި އިހަވަންދޫގައި ޕާސްޕޯޓް ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވެއެވެ. އޭގެ ކުރިން ރަށުގެ މަސްވެރިންނާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
