
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވަޒީރުން ހިމެނޭ ގޮތަށް ބޮޑު ޓީމަކާއެކު ރަށްރަށަށް ދަތުރުކުރައްވާ ސަބަބު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަފްސީލްކޮށްދެއްވައިފިއެވެ. އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. މާރަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ބޮޑު ވަފުދަކާއެކު އަތޮޅު ތެރޭގެ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅިގެން ބައެއް ބޭފުޅުން ފާޑުވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކަމާ ގުޅުންހުރި ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގަންނަވަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން ކަމަށެވެ.
“ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑު ބޭކާރު ޚަރަދެއް ކުރަނީއޭ. ނޫން. ޚަރަދު ބޭކާރުވާނީ ހަގީގަތުގައި ލަސްވެގެން ގޮސް ގެއްލިގެންދާ ދުވަސްތަކުން ލިބޭ ގެއްލުން މާ ބޭކާރުވާ ޚަރަދަކަށް އެބަވޭ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ކަމާ ގުޅުން ހުރި ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގަންނަވަނީ ރަށްރަށުގައިި ހުރި ކަންކަމަށް އަވަސް ހައްލެއް ހޯދައިދީ، ކަންކަން އަވަހަށް ނިންމުމަށް ކަމަށެވެ.
“އަޅުގަނޑު ބޭނުންވަނީ މާލޭގަ އަޅުގަނޑުމެން އަރާމުގަ ތިބުމުގެ ބަދަލުގަ ވަޒީރުން އަޅުގަނޑާއެކީ ރަށްރަށަށް އައިސް ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއްގެ ވަޒީރުން ކައުންސިލާއި މުވައްސަސާތަކުގެ ޒިންމާދާރު ބޭފުޅުންނާއެކީ އިށީންދެގެން ކޮން ކަމެއްގަ އޮތީ ކޮން މައްސަލައެއްތޯ އަދި އެއަށް ގެނެވޭނީ ކޮން ހައްލެއްތޯ ދެ ފަރާތުން މަޝްވަރާކުރެވި ކަންކަން ހަމަޖެހިގެންދާން. އޭރުން ބާރަށް ހިނގާނީ ކަންކަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ ރަށަކަށް ވަޑައިގެންވެސް އެރަށެއްގެ ޒިންމާދާރު ފަރާތްތަކާއެކު ކުރިއަށްގެންދަނީ ސަރުކާރުގެ މަސައްކަތު ބައްދަލުވުންތަކެއް ކަމަށެވެ. އަދި ރަށްރަށުގައި ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ބޭނުމަކީ އެ ރަށެއްގެ އިދާރާތަކާއެކު ކުރެވޭ މަޝްވަރާއިން ނުކުންނަ ނަތީޖާއާއި ނިންމާ ކަންކަން ރައްޔިތުންނާ ހިއްސާކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ “ސީރިއަސް މަސައްކަތްތަކެއް މިކުރަނީ ރަށުގެ ތަރައްގީއަށްޓަކައި ކަންކަން ކުރުމުގައި” ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
