
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. މާރަންދޫގައި އެކި ދާއިރާތަކުން ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭ ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އުތުރުގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާރަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން އެރަށުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއާއި، ސްކޫލުގެ ކްލާސްރޫމް އެޅުމުގެ މަސައްކަތް ހިމެނޭހެން މިއަހަރުގެ ތެރޭ އެކި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސްކޫލުގެ ކްލާސްރޫމް އެޅުމުގެ މަސައްކަތާއި ބަނދަރު ހެދުމުގެ މަސައްކަތް ނުނިމި އޮތީ، ކުރީ ސަރުކާރުން އެކަންކަމަށް ކަނޑައަޅާފައި އޮތް ބަޖެޓު ކުޑަވުމާއި، އެއް ކުންފުނިތަކަކަށް އެކި ރަށްރަށުން ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައި އޮތުމުން ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ތެރެއިން އެކަންކަމަށް ހައްލު ގެނެވި، އެގޮތަށް ނުނިމި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމަވައިދެއްނާވެ ކަމުގައި ރައީސް ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާރަންދޫއަށް އެރަށުގައި ފުޓްބޯޅަ ދަނޑުގައި ލައިޓް ޖަހައިދީ ކުރަން ހުރި އިތުރު ކަންކަމާއި، މުޅިން އާ ފުޓްސަލް ދަނޑެއް ގާއިމް ކުރުމުގެ އިތުރުން،. ރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހަމަކޮށްދީ، އެތަނުގައި ލެބޯޓްރީއެއް ގާއިމް ކުރުމަށް ގަސްދުކުރައްވާ ކަމަށެވެ.
ކުޅިވަރުގެ ރޮނގުން ވޮލީ ކޯޓެއް ގާއިމް ކުރުމާއި، ރަށުގެ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީ ކުރުމުގެ އިތުރުން ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭ ފަށާ މަޝްރޫއުތައް އަންނަ އަހަރުގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ. އަދި އެރަށުގެ އެކި ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ އަމަލީ މަސައްކަތް ފެށިގެންދާތަން މިއަހަރުގެ ތެރޭ ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން، އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ރޯދަމަހުގެ ކުރިން އެރަށަށް ލިބިގެންދާނެ ގޮތް ހަމަޖައްސަވައިދިނުމުގެ އިތުރުން ރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމްވެސް ގާއިމްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
