
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅަކީ ހުސްއަތާ ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ނޫން ކަމަށާއި، މިއަދު ތަކަންދޫއަށް ވަޑައިގަތީ ހަދިޔާއަކާ އެކީ ރައްޔިތުން އުފާކޮށްދިނުމަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ރައީސް މިހާރު ހއ. އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަޑައިގަތީ ތަކަންދޫއަށެވެ. ތަކަންދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، މިއަދަކީ ތަކަންދޫ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، ރައީސް އަބަދުވެސް ދެއްވާ އިރުޝާދަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށެވެ.
އެގޮތުން އެމަނިކުފާނުގެ އެޖެންޑާގެ އެންމެ ކުރީގައި ކައުންސިލްތަކަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫއުތައް ތަކަންދޫގައިވެސް ވަނީ ފައްޓަވާފައެވެ. އެގޮތުން ތަކަންދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅި، އަދި މިއަދުން ފެށިގެން ދިއްދޫއަށް ފައިސާ ނެގުމަަށް ދިއުމަށް ކުރާ ހޭދަ ނިމުމަކަށް ގެނެސްދެއްވާ ކޭޝްކާޑު އެކަކު އަތުން އަނެކަކު އަތަށް ދީގެން ފައިސާ ނެގުމަށް ނަގާ ރިސްކު މިއަދުން ފެށިގެން ނިމުމަކަށް އެމަނިކުފާނު ގެނެސްދެއްވައިފި ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
” އޭޓީއެމްގެ ޚިދުމަތް މިއަދުން ފެށިގެން ތަކަންދޫގެ ރައްޔިތުންނަށް ފެށިގެންދާނެ. އެމަސައްކަތުގެ އަމަލީ ބައި މިއަދު ފެށިގެންދާނެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،. ތަކަންދޫގެ ރައްޔިތުން އެންމެ ބޮޑަށް އިންތިޒާކުރަމުންދިޔައީ ފުލުހުންގެ ޚިދުމަތް އެރަށުގައި ގާއިމްކުރުމަށް. ރައީސްގެ ޚާއްސަ އިސްނެންގެވުމަކާއި އެކީގައި މި ޚިދުމަތް ތިޔަ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ތަކަންދޫގެ އިމާރާތެއްގައި ފުލުހުންނާއި ގުޅިގެން ދާދި ދެންމެއަކު ފެށިގެން އެދިޔައީ.” ޝުޖާއި ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ޗުއްޓީއެއް ލިބިއްޖެއްޔާ އަބަދުވެސް ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައްޔިތުންގެ ގާތަށް ދިޔުމަށް ރައީސް އަބަދުވެސް އިރުޝާދު ދެއްވާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަ މާނައިގައި ހިންގަންޖެހޭނެ ކަމަށް ވަކާލާތުކުރަމުންދާ ހަމައެކަނި ރައީސަކީ ވެސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
” މިއީ އަޅުގަނޑުގެ ދެވަނަ ޗުއްޓީ މިއާދެވުނީ ރައީސްގެ ޚާއްސަ ހަދިޔާތަކަކާއެކީގައި، ފުރަތަމަ ދަތުރުގައި ރައްޔިތުން އެދިވަޑައިގެންނެވި ވަރަށް މުހިންމު އެއްބޭނުން އެބައޮތް. އަޅުގަނޑު އުންމީދު ކުރަނީ ތިޔަ ލޮބުވެތި ރައްޔިތުންނަށް މިހާރު އުފުލަން ޖެހިފަ އޮތް ތަކުލީފުތަކަށް ހައްލު އިރާދަކުރެއްވިިއްޔާ އަވަސް މުސްތަގުބަލެއްގައި ރައީސް ހޯއްދަވައިދެއްވާނެ ކަމަށް.” ޝުޖާއު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
