
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅަން ބޭނުންވާ ކޮންޓްރެކްޓަރުން ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. ސަރުކާރުން މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގިނަ މަޝްރޫއުތަކެއް ހިމަނައިގެން ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައިވެސް އެމަނިކުފާނު ގެންދަވަނީ މިކަން ތަކުރާރުކުރައްވަމުންނެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މިމަހުގެ ތެރޭގައި އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދަން އިއުލާންކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން، ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ކޮންޓްރެކްޓަރު ހޯދުމަށް އިއުލާނުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައިވަނީ ރަށްތައް ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 50 ޔުނިޓާހަމައަށް ތަރައްގީ ކުރާ ރަށްތަކުގެ ކެޓަގަރީއާއި 51 ޔުނިޓާއި 150 އާ ދެމެދުގެ ހައުސިން ޔުނިޓު އަޅާ ރަށްރަށުގެ ކެޓަގަރީއާއި، 200 ޔުނިޓާއި 250 ހައުސިން ޔުނިޓު އަޅާ ރަށްރަށުގެ ކެޓަގަރީއާއި، 300އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅާ ކެޓަގަރީގެ ރަށްރަށެވެ. 50 ޔުނިޓަށްވުރެ މަދުން ހައުސިން ޔުނިޓް އަޅާ ރަށްތަކުގެ ކެޓަގަރީގައި 18 ރަށެއް ހިމެނެ އެވެ. އަދި 51 ޔުނިޓާއި 150 ޔުނިޓާ ދެމެދުގެ އަދަދަށް ހައުސިން ޔުނިޓު އަޅާ ކެޓަރީގައި 17 ރަށެއް ހިމެނޭއިރު، 10 ރަށެއްގައި 200 ޔުނިޓާއި 250 ހައުސިން ޔުނިޓާ އަޅާ ކެޓަގަރީގައި 10 ރަށެއް ހިމެނެ އެވެ. 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅާ ކެޓަގަރީގެ ރަށްތަކުގެ ތެރޭގައި 12 ރަށެއް ހިމެނެ އެވެ.
ލޭ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ކުރިއަށް ދާނެކަން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
