
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. ތަކަންދޫގެ ބަނދަރާއި ސްކޫލާއި އަދި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ތަކަންދޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އާބާދީގައި ތަކަންދޫގައި ދިރިއުޅޭ ރައްޔިތުންގެ މިންވަރު ކުޑަ ވިނަމަވެސް އެ ރަށަކީ ތާރީހީ ގޮތުން މުއްސަދި ރަށެއް ކަމަށެވެ. އަދި އެ ރަށް ކަންކަން ކޮށްދިނުމުގައި އިސްކަން ދެއްވަނީ ތަރީހީ ގޮތުން އޮތް މުއްސަދިކަން ފުޅާކޮށް މުޅި ރާއްޖޭގެ އައިޑެންޑިޓީ ހިމާޔަތް ކުުރުމަށް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ތައުލީމީ ގޮތުން ކިތަންމެ ކުދިން މަދަސް އަޅުގަނޑުމެންގެ އޮންނަ ސިޔާސަތަކީ އެ ރަށެއްގައި ރައްޔިތުން ދިރިއުޅޭހާ ހިދެއްގައި އެ ރަށެއްގައި އުޅޭ ކުދިންނަށް ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް އެންމެ ރަނގަޅަށް ފޯރުކޮށްދިނުން. އޭގެ އިތުރަށް ރަށަށް އަންނަ ތާރީހީ އައިޑެންޓިޓީ ހިޔާމަތް ކުރުމުގެ އިސްކަން އޮންނާތީ އިތުރު އިސްކަން ވެސް ދެން. އެހެންވީމަ ސްކޫލަށް ބޭނުންވާ ކަންކަން ކުރިއަށް ދުވަސްތަކުގައި އެޑިއުކޭޝަން މިނިސްޓަރާއި ސްކޫލާއި ކައުންސިލާއި ގުޅިގެން ރޭވިގެން ދާނެ.” ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ވެސް ސިއްހީ މަރުކަޒަށް ބޭނުންވާ ކަންކަން އެބަހުރި ކަމަށާއި ސްކޫލާއި ސިއްހީ މަރުކަޒުގައި ވެސް ޖާގައިގެ މައްސަލައާއި ވަސީލަތްތައް ނެތުމުގެ މައްސަލަ އެބައޮތް ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި އެކަންކަމަށް ހައްލެއް ގެނެސްދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ޖުމްލަ ގޮތެއްގައި ތަކަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަށް. ބަނދަރުގެ ޖާގައިގެ މައްސަލަ ހައްލުކުރުމާއި ފެރީގެ މައްސަލަ ހައލްުބވެގެންދިިއުމުން ވަރަށް ބޮޑުތަނުން ގިނަ ކަންކަމުގައި ފަސޭހަ ލިބިގެންދޭ. ބޭންކުގެ އޭޓީއެމް ގާއިމްވެގެން ދިއުމުން އެއީ ވެސް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ. މި އަހަރު ނިމޭއިރުނހުރިހާ ރަށެއްގައި ހުންނާނީ އޭޓީއެމް ގާއިމްކުރެވިފައި.”ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ ރަށެއްގައި އޭޓީއެމްއެއް ގާއިމްކުރެވުމުން އެ މީހެއްގެ ކޮމިއުނިޓީއެއްގެ ތެރޭގައި ރަށުގައި ހުރެގެން އޭޓީއެމްއިން މުއާމަލާތްކުރުމުގައި ހުރިހާ ރައްޔިތުންނަށް ވެސް އެ ހައްގު ހަމަހަހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
