
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހއ. ތަކަންދޫ އާއި އެ އަތޮޅު މާރެންދޫއަށް އާރްޓީއެލްގެ ހިދުމަތް ފަށްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ތަކަންދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދަތުރުފަތުރުކުރުމަށް ބަލާއިރު ތަކަންދޫ ރައްޔިތުން ތަކުލީފްތަކެއް އުފުލަންޖެހޭ ކަމަށެވެ. ފެރީގެ ނިޒާމުގައި ތަކަންދޫއަށް ކައިރި ކުރާނަމަ ލިބޭނެ ފަސޭހަތަށް ރައްޔިތުންގެ ފަރާތުން އަޑުއިވިފައިވާ ކަމަށް ވިދާޅުވިއެވެ.
” އިރާދަކުރެއްވިއްޔާ ރޯދަ މަހުގެ ކުރިން މަތިބިތުން ދަތުރުކުރާ އާރްޓީއެލް ފެރީ ތަކަންދޫ އަށާއި މާރެންދޫއަށް މަޑުކޮށްފައިވާ ގޮތަށް އިންތިޒާމް ހަމަޖެހިގެންދާނެ. އޭރުން ތިބޭފުޅުންނަށް ބޮޑުތަނުން ފަސޭހަވާނެ.”ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ އޭރުން ވަރަށް ބޮޑު ތަކުލީފުތަކަކަށް ނިމުމެއް އަނަންނާނެ ކަމަށާއި ވަގުތުތަކެއް ގެއްލިގެން ދިއުމުން ވެސް ސަލާމަތްވެގެންދާނެ ކަމަށެވެ.
ތަކަންދޫގައި ފަތުރުވެރިކަން ފުޅާކުރުމުގެ ވިސްނުން
އޭގެ އިތުރު ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ތެރެއިން ވިޒިޓާ އެކޮނޮމީ ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަބަދު އޮންނަ ޓޫރިޒަމްގެ ކޮންސެޕްޓް ފުޅާކުރުުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ތާރީހަށް ސަގާފަތަށް ލޯބިކުރާ ފަތުރުވެރިން ތިބޭ. ކަލްޗަރަލް ޓޫރިޒަމަށް ލޯބިކުރާ. މި ރަށުގައި ހުރި ތަންތަން ރަނގަޅު ގޮތެއްގައި ހިމާޔަތް ކުރެވުނީމަ އެކަންކަން ބެހޭ ވާހަކަ ކިޔާދެވޭނެ ގޮތެއް ގާއިމްކުރެވުނީމަ މިކަން ވެގެން ދާނެ އޭގެން ލިބެން ޖެހޭ އިންސްޕްރޭޝަން ހޯދުމަށް އަންނަން ބޭނުންވާ ދުނިޔޭގެ ކަންކޮޅުތަކުގައ ތިބި ފަތުރުވެރިންނަށް ދެވޭ ފުރުސަތަކަށް. އެއާއިއި ގުޅިގެން ލޯކަލް ޓޫރިޒަމް މި ރަށުގައި ފެށިގެން ދިއުމުން ވަނީ ދެކޮޅު ޖެހޭ ސަސްޓޭނަބަލް ކަމަކަށް.”ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެ ގައުމީ ވިސްނުމުގައި އިސްނަގައިގެން ކަންކަން ކޮށްފިއްޔާ ތަކަންދޫގައި އެ ކޮންސެޕްޓް ގާއިމްކުރެވޭނެ ކަމަށެވެ. އެކަން ކުރުމުގެ ވިސްނުން އެބަ ހުންނެވިކަން ރައީސް ހާމަކުރެއްވެވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
