
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިހާރު ފެނިގެންދަނީ ރާއްޖޭގައި އިޖްތިމާއީ ރައްކާތެރިކަން ގާއިމްކޮށް ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ރައީސަކު “މިހާ ބުރަކޮށް” މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އުތުރުގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ތަކަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ރައީސްކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ހާލު ބެއްލެވުމާއި އަޑު އެއްސެވުމަށްޓަކައި ކަމަށެވެ. އަދި ރަށްރަށުގެ ތަރައްގީ ގެނައުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުޙިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ ކަމުގައި ވިދާޅުވިއެވެ.
“އެމަނިކުފާނު އެ ވަޑައިގަންނަވަނީ ރައްޔިތުންގެ ހާލު ބެއްލެވުމަށް. މީގެ ކުރިން ކޮންމެ ރައީސަކުވެސް ވަޑައިގަންނަވާނީ ކޮންމެވެސް ކެމްޕެއިނެއްގަ. ރަސްމީ ދަތުރެއްގަ، ކޮންމެވެސް ކަމެއް އިފްތިތާހުކުރަން ނުވަތަ ފެއްޓެވުމަށް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރައީސް މިއަދު އެވަޑައިގެންނެވީ ހަދިޔާއަކާ އެކީގަ ރައްޔިތުން އުފާކޮށްދީ ހެޕީކޮށްދިނުމަށްޓަކައި” ޝުޖާއު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، 20 ވަނަ މަޖިލީހަށް މިހާރު 8 މަސްދުވަސް ވެފައިވާއިރު، މި މުއްދަތުގައި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރުވެސް މަޖިލީހަށް މުޙިއްމު ދެ ބިލެއް ހުށަހެޅިފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ބިލުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލަކީ ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ބިލާއި މަސްތުވާތަކެތި މަނާކުރުމުގެ ގާނުނަށް އިސްލާހު ހުށަހަޅާ ބިލެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގައުމުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތި އަދި ގޭންގުކުށްތައް އޮތީ އިންތިހާއަށް އިތުރުވެފައި ކަމަށް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ފާއިތުވި މަސްތަކުގައި ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ޝުޖާ ފާހަގަކުރެއްވި އެވެ.
“ދައުރުގެ ކުރީ ކޮޅުގައި މަޖިލީހުގައި މިފަދަ މުހިއްމު ބަދަލުތަކެއް ގެނެސް އަޅުގަނޑުމެންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެރިޔަކު މިހާ ބުރަކޮށް މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރު.” ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށްވެސް ރައީސް ހައްލު ހޯއްދަވައިދެއްވާފައިވާކަންވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
