
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިޔާސީ ފިކުރު މުހިންމު ނޫން ކަމަށާއި ތަރައްގީ އަކީ ސިޔާސީ ކަމެއް ވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަވާނެ ކަމަށާއި މީހެއްގެ ސިޔާސީ ފިކުރު މުހިންމު ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ތަރައްގީ ހޯދަންވާނެ ކަމަށާއި ތަރައްގީ އަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ގައުމަށް ގެނެވޭ ތަރައްގީއެއް، ރަށަކަށް ގެނެވޭ ތަރައްގީއެއް، އެއީ ސިޔާސީ ކަމެއް ނޫން. އެއީ އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ މުސްތަގުބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް. އެ ކަމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ އަމިއްލަ ނަފްސަށް ވެސް ކޮށްދެވޭ ކަމެއް،” ރައީސް ވިދާޅުވި އެވެ. ރައީސް ދިއްދުއަށް ވަޑައިގަތް އިރު އިދިކޮޅު ފަރާތްތަކުން ދެކޮޅަށް އަޑު އުފުލާފައި ވާއިރު އެކަމަށް އިޝާރާތްވާ ގޮތަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭގެ ވާހަކަފުޅުގައި އެ މަނިކުފާނު ދިއްދޫގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ރަށަށް ވެ ވަޑައިގަތް އެންމެ ބޮޑު ވައުދު ކަމަށްވާ، އެއާޕޯޓް އެޅުމާ ބެހޭ ގޮތުން ވިދާޅުވީ މި އަހަރު މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ދެން ދިއްދުއަށް ވަޑައިގަންނަވާނީ ވެސް އެ އެއާޕޯޓަށް ކަމަށް ވިދާޅުވި އެވެ. ރައީސްގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ. އަދި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައި ވާއިރު ދިއްދޫގައި މިރޭ ވަނީ އައިޑީ ކާޑު ޕްރިންޓުކުރަން ފަށައިފަ އެވެ.
ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ރައީސްގެ ދަތުރުފުޅުގައި މާދަމާ އާއޮ އަނެއް ދުވަހު ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ އަދި އުލިގަމަށް ވެސް ވަޑައިގަންނަވާނެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
