
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިދިކޮޅު މައި ޕާޓީ އެމްޑީޕީއަކީ ގައުމުގެ މަސައްހަލަތު އިސްކޮށްގެން ވެރިކަމަށް ފައިނަގާ ޕާޓީއެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. ހަލީލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ގައުމީ ސަލާމް ޖެހި ވަގުތު އެ ރަށުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ސަޕޯޓަރުން އަޑުގަދަކޮށް އަވަގުރާނަ ގޮވާފައިވާތީއެވެ.
އެކަމާއި ގުޅިގެން ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އެއްވެސް އިރެއްގައި ގައުމުގެ މަސްލަހަތު އިސްކޮށްގެން ވެރިކަމަށް ފައިނަގާ ޕާޓީއެއް ނޫން ކަމަށެވެ. “ގައުމީ ސަލާމާއި ގައުމީ ދިދަ ފަދަ ގައުމިއްޔަތު ރަމްޒުކޮށްދޭ ކަންކަމަށް އެމްޑީޕީގެ ސިޔާސަތު ގައި އިސްކަމެއް ނުދޭ ތަން އެބައިމީހުންގެ ވެރިކަމުން ވެސް ރައްޔިތުންނަށް ފެނުނީ.”ހަލީލް ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ޖަލްސާ ރޭ ދިއްދޫގައި ކުރިއަށް ގެންދިޔައިރު އެމްޑީޕީ ސަޕޯޓަރުންނަށް ހިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަން އޮތީ ދީފައެވެ. އެ ފަރާތްތަކުން ދިޔައީ ސްޕީކަރުތަކުން ލަވަޖައި އަޑު ގަދަކުރަމުންނެވެ. ނަމަވެސް އެކަން ހުއްޓުވަން ފުލުހުންނެއް ނުފޮނުވައެވެ.
އަދި އެ ރަށަށް ރައީސް ވަޑައިގެން ވަގުތުގައި ވެސް އެމްޑީޕީ ސަޕޯޓަރުން ގެންދިޔައީ ބަދަރު ސަރަހަށްދުގައި ސްޕީކަރުތަކުން ލަވަޖަހައި އެ ބޭފުޅުންގެ ހިޔާލު ފާޅުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
