
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. ދިއްދޫ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް އައު އިމާރާތެއް އެޅުމުގެ މަސައްކަތް މިއަހަރު މެދުތެރޭ ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު މިރަށުގައި ހުރި ހޮސްޕިޓަލަކީ މި އާބާދީގެ ހޮސްޕިޓަލެއް ނޫން ކަމަށެވެ. މި އަތޮޅާއި ސަރަހައްދުގެ އެތައް ބަޔަކު ބޭނުން ކުރާނެ، އަދި ކުރަމުންދާނެ ހޮސްޕިޓަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ގާއިމް ކުރެވިގެން ދާނެ، ފުޅާ ކުރަން ޖެހޭ މުހިންމު ހޮސްޕިޓަލެއް، އެހެންވީމަ އަޅުގަނޑު އެގޮތަށް ވައުދުވީ، އަޅުގަނޑު ވައުދުވީ މި ދެންނެވި ދުރު ރާސްތާއަށް ވިސްނައިގެން،”. ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިރަށު ހޮސްޕިޓަލުގެ ހިދުމަތް އިތުރުކުރުމަށްޓަކައި ހޮސްޕިޓަލްގެ އައު އިމާރާތެއް އަޅަން ޖެހޭ ކަމަށާއި، އެތަނުގައި އެކިއެކި ހިދުމަތްތައް ހުންނަން ޖެހޭނެ ކަމަށެެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިރަށަށް އަންނަ އެކި ރައްޔިތުން ބޭނުންވާ، ހޯދަން އަންނަ ހިދުމަތްތައް، މިރަށު ރައްޔިތުން އެދޭ އެކި ކަހަަލަ ހިދުމަތްތައް ދެވެން ޖެހޭނެ، ސީޓީ ސްކޭންގެ ހިދުމަތް މިތަނުގައި ހުންނަން ޖެހޭނެ، މިހާރު ހުރި އިމާރާތުގެ ތެރޭގައި އެ ޖާގަ ހުރި ކަމަށްވަންޏާ އެ ހިދުމަތް ގާއިމް ކުރަން، އަޅުގަނޑު މިހާރު ވާނީ ކަމާއި ބެހޭ ވަޒީރުންނަށް ދަންނަވާފައި، އަދި ނެތް ކަމުގައިވަންޏާމުން، ވީހާވެސް އަަވަކަށް އެކަން ކުރުން.”. ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދެން ވެސް ހުންނަ މުހިންމު ސިއްހީ ހިދުމަތްތައް ދެވޭ ފަރުވާތައް ދެވޭ ފެންވަރަކަށް ގާއިމް ކުރެވެގެންދާ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށެވެ.
“އެ މަސައްކަތް މި އަހަރުގެ މެދަކާއި، ހަަމަައަށްދާއިރު، ބާރު ސްޕީޑްގައި ކުރިއަށްދާނެ، އަޅުގަނޑު ބަލަނީ ކުރިއަށް އޮތް މަސް ދުވަސް ނިމެންވާއިރަށް ބަޔަކާއި މަސައްކަތް ހަވާލު ކުރެވި، މަސައްކަތް ފަށަން،”. ރައީސް ވިދާޅުވިއެވެ. އަދި ސްޕީޗް ތެރެޕީގެ ހިދުމަތް މިހާރު ހުރި ހޮސްޕިޓަލް ތެރޭގައި ގާއިމް ކުރުމަށް ވެސް ވަޒީރުންނަށް ދަންނަވާފައިވާނެ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މާލެ ސަރަހައްދު ގޮތަށް، އެންމެ އުތުރާއި ދެކުނު އަދި ރާއްޖެގެ ހަތް ސަރަހައްދެއްގައި ވެސް ކަންކަން ހުންނަން ޖެހޭނީ އެންމެ ފުރިހަމައަށް، ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ގާއިމް ކުރެވިފައި ކަމަށެވެ.
“މީގެ ބޭނުމަކީ ދުރު ރާސްތާއަށް އަޅުގަނޑުމެންގެ ގައުމު ތަރައްގީގެ ދުވެލީގައި ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުން،”. ރައީސް ވިދާޅުވިއެވެ. އެހެންވެ ތަރައްގީ ގެންނަމުން މި ދަނީ ރަށުގެ ރައްޔިތުންގެ ކުރިއެރުމާއި ސަރަހައްދުގެ ކުރިއެރުން ގުޅިލާމެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
