
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. ދިއްދޫގައި ތަރައްގީ ކުރާ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފަށައި، ދެން މިރަށަށް ވަޑައިގެންނަވާނީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން ކަމަށް ރައީސް ޑރ. މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރަށު ބިން ހިއްކާ މިރަށުގައި އެއަރޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ދިއްދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް އެމްޓިސީސީއާ މިދިޔަ އަހަރު ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ދިއްދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކާނެއެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ.
ރައީސް ޑރ. މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިރަށުގެ ތަރައްގީއަށްޓަކައި ވައުުދުވި ކަންކަން ފުއްދުމަކީ އެމަނިކުފާނު ދެއްވާ ޔަގީންކަން ކަަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އަޅުގަނޑުވީ ހަމަ ކޮންމެ ވައުދެއް އިރާދަކުރެއްވީތީ ފުރިހަމައަށް ކޮށްދޭނަމޭ، އެންމެ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑު ދަންނަވާލާނީ އެއާޕޯޓުގެ ވާހަކަ، އެއާޕޯޓުގެ މަސައްކަތް އެއީ މިރަށުގެ ތަރައްގިއަށް ވަރަށް މުހިންމު މަސައްކަތެއް، އަދި މި އަތޮޅުގެ މެދު ރާސްތާ އަދި ދުރު ރާސްތާގެ ތަރައްގީގައިވެސް އަޅުގަނޑުމެން ކަނޑާއަޅާފައިވާ ސަރަހައްދީ ތަރައްގީގެ ޕްލޭންގައިވެސް މުހިންމު މަޝްރޫއެއް،”. މި ސަަރުކާރުން ކަނޑައެޅި އާބަން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫއާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ. އަދި މިރަށުގައި އެއާޕޯޓް ހެދުމަކީ، ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ކުރަން ޖެހޭ ކަމެއް ކަަމަށާއި، އެކަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަމުގެ ގިނަ މަސައްކަތްތަކެއް ފެށުމަށް މިހާރު ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމްޓީސީސީއާ ބައެއް މަސައްކަތް އަދި ބޭރުގެ ފަރާތަކާއި އެކީގައި ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއިކުރެވި ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދިއްދޫ އެއާޕޯޓްގެ މަސައްކަތް މި އަހަރު ތެރޭގައި ބިން ހިއްކުމާއި އެކީގައި ފަށާނެ ކަމަށެވެ.
“ބިން ހިއްކުން ނިންމާ ދެން ކުރަން ޖެހޭ ޝޯވ ޕްރޮޓެކްޝަން އަދި ރަންވޭ، މަސައްކަތަކާއި އެއާޕޯޓުގެ އިމާރާތްތަކާއެކު ހުރިހާ ފެށޭ ހިސާބުން، ބާރު ސްޕީޑްގައި ގެންގޮސް ނިންްމަދޭނަމޭ، ނިންމާ ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެމަނިކުފާނަށް ހީވާ ގޮތުގައި އެ އެއާޕޯޓުން ޓިކެޓު ނަގައިގެން ވަޑައިގަންނަވާނެ ބޭފުޅުންގެ ގޮތުގައި ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުންވެސް ހިމެނޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ތަރައްގީ ގެންނަނީ އެންމެންނަށް ހަމަހަމަކޮށް، އަޅުގަނޑު ކުރިމަތީގައި ސިޔާސީ ފިކުރު މުހިންމެއް ނޫން، ހުރިހާ ރައްޔިތުން ހަމަ ހަމަ، އެހެންވީމަ މިރަށަށް އަންނަ ތަރައްގީއެއް ހަމަހަމަ ގޮތެއްގައި އަޅުގަނޑާއި ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް ލިބިވަޑައިގަންނަވަން ވާނެ، ހޯއްދަވަން ވާނެ، ހޯއްދަވާނެ،” ރައީސް ވިދާޅުވީ، ގައުމަށް ގެނެވޭ ތަރައްގީއެއް އަދި ރަށަށް ގެނެވޭ ތަރައްގީއަކީ ސިޔާސީ ކަމެއް ނޫން ކަަމަށެވެ. އެއީ ދުުރުރާސްތާ އަށް، ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަގުބަލަށް ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“އެކަމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ އަމިއްލަ ނަފްސަށްވެސް ކޮށްދެވޭ ކަމެއް، އެކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކޭ މީހުންގެ ވިސްނުން، އެއީ އަޅުގަނޑު ހިތުން ދުރުގައި ތިބެގެން ވިސްނާލާ ކޮންމެ ބޭފުޅަކަށްވެސް އެނގޭނެ ރަނގަޅު ވިސްނުމެއް ނޫން، އަޅުގަނޑު މި ކުރާ މަަސައްކަތަކީ ރަށުގެ ރައްޔިތުންނަށް ރާއްޖޭގެ ރައްޔިތުންނަށް މުހިންމު މަސައްކަތެެއް ކޮށްދިނުމަށްޓަކައި ކުރާ ވަަރަށް ސީރިއަސް މަސައްކަތްތަކެއް،”. ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ދިއްދޫއަށް ވެވަޑައިގެންނެވި ވައުދުތައް
- ފަތާ ޓްރެކް ހެދުން.
- އޮޑި ދޯނި ފަހަރުގެ މަސައްކަތާއި ގުޅޭ ސަރަހައްދު.
- ބަނދަރާއެކު ނެރު މައްސަލަ ފުރިހަމަ ކުރުން.
- އިންޓަނޭޝަނަލް ފެންވަރު ދަނޑު (މި އަހަރު ތެރޭގައި ފަށާނަން)
- ހޮސްޕިޓަލް އައު އިމާރާތް
- 200 ހައުސިންގ ޔުނިޓް
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
