
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޖެހިޖެހިގެން ދެ އަހަރު ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި ހއ. އުތީމުގައި ފާހަގަ ކުރުމާއެކު، މިރަށުގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ގައުމީ މަޝްރޫއެއް ފައްޓަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ހއ. އުތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރުމުގައި އެމަނިކުފާނު ވިސްނަނީ ކުރީގެ ސަރުކާރުކާތަކުން ވިސްނި ގޮތާއި ތަފާތުކޮށް ކަމަށެވެ. މިގޮތުން އެމަނިކުފާނުވެސް ވިސްނުން އޮތީ މަޝްރޫއެއްގެ ގޮތުގައި އެކަން ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އެއީ ކޮންމެ ދައުރެއްގައި އާއްމު އުސޫލަކީ، ކޮންމެވެސް އެެއް އަހަރަކު މިރަށުގައި ގައުމީ ދުވަސް ފާހަގަކުރުން، އެކަމަށް ކޮންމެވެސް ބަޖެޓެއް ހަމަޖައްސައިގެން އެކަން ކުރުން، އާދައިގެ ގޮތަކަށް، އަޅުގަނޑުގެ ވިސްނުން ތަފާތު، މި ގަނޑުވަރާއި، ރަށުގައި ހުރި މުހިންމު ތަންތަނާއި، ތާރީހީ ގޮތުން ހިމާޔަތް ކޮށް ބަލަހައްޓަން، ޖެހޭނެ ތަންތަނާއި، އަދި ގައުމީ ވިސްނުމެއްގައި އަޅުގަނޑުމެންނަށް ގެންދެވިދާނެ ޕްރޮގްރާމްތަކާއި، މިކަހަލަަ އެކި ކަހަލަ ކަންކަން ހިމަނައިގެން ގައުމީ މަޝްރޫއެއްގެ ގޮތުގައި މިރަށުގައި ކަންތައްތަކެއް ކުރަން،”.
ރައީސް ވިދާޅުވީ، އެގޮތުން ކުރެވޭ ކަންކަމުގައި އެކަންކަމަށް ލެވޭ ބާރެއްގެ ގޮތުގައި މިހާތަަނަށް ސަރުކާރުން ނުދޭ ސަމާލުކަމެއް ދީގެން ޖެހިޖެހިގެން ދެ އަހަރު ގައުމީ ދުވަސް މިރަށުގައި ފާހަގަކުރާނެ ކަަމަށެވެ. “އެއީ އަޅުގަނޑު ގަސްތު ކުރަނީ ދެ އަހަރުގެ މަޝްރޫއެއްގެ ގޮތުގައި މިކަން މިރަށުގައި ކުރިއަށް ގެންދަން، އޭގެ ނަތީޖާއަކަށް ވާނީ އަޅުގަނޑުމެންނަށް ފިކުރީ ގޮތެއްގައި މި ގައުމީ ވިސްނުން، ފެތުރުމުގއި މިރަށުން އަދާ ކުރެވޭނެ ދައުރު އަދާ ކުރުމަށް މަގުފަހި ކުރުން،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވަނީ މިރަށުގެ ގަނޑުވަރު ހިމާުޔަތް ކުރަންވެސް ކަންކަން ކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ. “އަޅުގަނޑު ގަބޫލު ކުރާގޮތުގައި އަޅުގަނޑުމެންގެ ނޭޝަނަލް އައިޑެންޓިޓި ހިމާޔަތް ކުރާނަމަ، ސަރުކާރުން ވަރަށް އިސްކަން ދޭން ޖެހޭ ގަނޑުވަރު ރަނގަޅަށް ބަލަހައްޓަން، އެތަން ޓްރީޓްމެންޓް ދީގެން، ހަގީގަތުގައި އެ ހުންނަވާ އޮރިޖިނަލަޓީގައި، ތަން ބެލެހެއްޓުމަށްޓަކައި މިހާތަނަށް ނެތް އެކަށިގެންވާ ސަމާލުކަމެއް ދެވިފައި،”، ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަން ބަދަލުކޮށް، އެދޭން ޖެހޭ އެންމެ އިސްކަމެއް ދީގެން ގައުމީ ވިސްނުމެއްގައި ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
“ތަނުގެ އަސްލު ނުގެއްލޭ ގޮތަށް ކުރަން ޖެހޭ، ކުރެވިދާނެ ކަންކަން ކުރިއަށް ގެންދާނަން،”.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތަރައްގީގެ ދުވެލީގައި ވަރަށް މުހިންމު ދައުރެއް، ޔަގީންކަމާއެކު، ފުރިހަމަ ގޮތެއްގައި އަދާ ކުރާ ރަށަކަށް މިރަށް ވެގެން ދާނެ ކަމަށެވެ. “އަޅުގަނޑުމެންގެ ގައުމުގެ، ގައުމިއްޔަތު ހިމާޔަތް ކުރަނަމަ، މިރަށުގެ ކަންކަމުގައި ސަރުކާރުކަތުން އެބަ ޖެހޭ ސަމާލުކަމެއް ދޭން، އަޅުގަނޑު ގަބޫލު ކުރާގޮތުގައި،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، މިރަށުގައި ވަރަށް ގިނަ މަސައްކަތްތަކެއް އުމްރާނީ ތަރައްގީގެ ރޮގުންވެސް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެކަންކަން ވަރަށް ސަމާލުކަން ދީގެން މި ސަރުކާރުން ކުރިއަށްގެންދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ އިސްކަން ދޭން ޖެހޭނެ ކަމަށާއި، އެހެން ރަށަކާއި ތަފާތު ކުރުމެއް ނޫން ކަމަށެވެ. އަދި އެއީ މުޅި ރާއްޖޭގެ ހައްގުގައި ކުރަން ޖެހިފައިވާ ކަމެއް ކަންވެސް ވިދާޅުވިއެވެ.
“އެއީ ހަމަހަމަ ކަމުގެ ގޮތުގައި، އަދުލުވެރިކަމުގައި ތަރާދުން ކިރާއިރުގައިވެސް އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން، އަޅުގަނޑު ހިތުން، އިންސާފުވެރިކަމާއި އެކީގައި ގައުމުގެ ކަންކަމާއި މެދު ވިސްނާ ކޮންމެ މީހަކުވެސް ގަބޫލު ކުރާނެ ހަގީގަތަކަށް ވާނެ،”، ރައީސް ވިދާޅުވިއެވެ. އެގޮތުން މިރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ކޮންމެ ކަމެއް ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަދި އެހެނިހެން އުސޫލުތަކުގެ ތެރެއިން އެ އޮންނަ ގޮތަކަށް މަގުފަހިކޮށްގެން މިރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އަޅުގަނޑު ކެމްޕެއިންގައި ވައުދުވި ހުރިހާ ކަމެއްވެސް ލިޔެވިފައި އެ ހުރީ، ހަނދާނުގައިވެސް އެބަހުރި، އެއިން ކޮންމެ ކަމަކީ، އެއީ މަގު ހެދުން ކަމުގައިވިޔަސް، ބަނދަރު ބޮޑުކުރުން ކަމުގައި ވިޔަސް، އަދި ދެން ހުރި ހުރިހާ ކަމެއް، ތައުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ ކަންކަން ކަމުގައިވިޔަސް، ސިއްހީ ދާއިރާއިން މަރުކަޒަށް ބޭނުންވާ ކަންކަން ކަމުގައިވިޔަސް، އަދި މިއިން ކޮންމެ ދާއިރާއެއް، ކުޅިވަރު ދާއިރާއިން ފުޓުބޯޅަ ދަނޑާއި މިހެން ގޮސް ފުޓްސަލް ދަނޑެއް އިތުރަށް އެޅުން ކަމުގައިވިޔަސް،”.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
