
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހއ. ފިއްލަދޫގެ ތަރައްގީއަށް އެންމެ މުހިއްމުކަމަކީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ދިއުން ކަމަށާއި، އެހެންވެ އެންމެ ބޮޑު އިސްކަމެއް ދޭނީ އެރަށުގެ މަގު ހެދުމުގެ މަޝްރޫއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފިއްލަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެކަން ހާސިލްކުރުމަށްޓަކައި ރަށްރަށުގެ މަގުތައް ހެދިފައި ހުންނަން ޖެހޭ ކަމަށެވެ. އެހެންވެ ފިއްލަދޫގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށްޓަކައި އެރަށުގައި ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ސައިޓު ގާއިމްކުރެވި އެތަނަށް މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން އެސަރަހައްދުގައި ފަތުރުވެރިން ފުޅާ ކުރުމުގެ ގޮތުން، އެރަށުގައި ފަތުރުވެރި ބޭނުމަށް ދޫކޮށްފައިވާ ކޮމާޝަލް ބިންތައް ތަރައްގީކުރުމަށްޓަކައި އިންޓްރެސްޓު ކުޑަ ލޯނުތަކެއް ވަރަށް އަވަހަށް ބީއެމްއެލް މެދުވެރިކޮށް ތައާރަފްކުރައްވާނެ ކަމަށްވެސް ރައީސް ވިިދާޅުވިއެވެ.
އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ދާއިރާގެ ރަށްތަކަށް އެމަނިކުފާނުގެ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދުތައް ހަނދާން އެބަހުރި ކަމަށާއި އެކަންކަން ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެގޮތުން އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލަށްވެސް މުހިއްމު ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި ސްކޫލަށް ކްލާސް ރޫމް އިތުރުކުރުމާއި މަލްޓިޕާޕަސް ހޯލު ނިންމުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ ކުނި މެނޭޖްކުރުމަށްވެސް މިއަހަރުގެ ތެރޭ ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
