
ހއ. ނާގޯށީގައި ތަރައްގީކުރަން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފައިވާ ރިސޯޓު ހުޅުވުމަށްޓަކައި ސަރުކާރުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ، އެ ރިސޯޓު ވަރަަށް އަވަހަށް ހުޅުއްވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ނާގޯށީގައި ރިސޯޓު ތަރައްގީކުރަން އެމްޓީޑީސީއާ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހަވާލުކޮށްފައިވެއެވެ. އެމްޓީޑީސީއާ ނާގޯށި ފުރަތަމަ ހަވާލުކުރީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ރިސޯޓު ތަރައްގީ ކުރަން ދިން މުއްދަތު ހަމަވިއިރު ވެސް އެ ރިސޯޓު ތަރައްގީ ނުކުރެވުމުގެ ސަަބަބުން އެއްބަސްވުން ބާތިލް ކުރިއެވެ.
އޭގެ ފަހުން އަނެއްކާ ވެސް 2017 ވަނަ އަހަރު އެ ރިސޯޓު ތަރައްގީ ކުރަން އެމްޓީޑީސީއާ ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގައި، ކުރު މުއްދަތެއްގެ ތެރޭގައި ދަރަނި ދެއްކުމަށް ބުނެފައި އޮތުމުން އިންވެސްޓަރަކު ނުވެ ރަށް ތަރައްގީ ނުކުރެވުނު ކަމަށް އެމްޓީޑީސީން ބުނެފައިވެއެވެ.
އެ ރަށުގައި ރިސޯޓު ތަރައްގީކުރަން ދެން އެކުންފުންޏާ ހަވާލުކުރީ 2020 ވަނަ އަހަރު އެވެ. އެފަހުންވެސް އެ ރަށުގައި ރިސޯޓު ތަރައްގީކުރެވިފައި ނުވެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފިއްލަދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޓީޑީސީއާ ހަވާލުކޮށްގެން ނާގޯށީގައި ރިސޯޓު ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައިވާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި އެތަނުގައި ރިސޯޓެއް ތަރައްގީވެގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ފައިދާ ކުރާނެ މުހިއްމު މަޝްރޫއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ އެމްޓީޑީސީއަށް އެމަގު އަޅުގަނޑުމެން ފަހިކޮށްދޭނަން. ފަހިކޮށްދީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ސަރުކާރުން އެހީތެރިކަން ދީގެން ހުޅުވުން އެއީ މިހާރު އަޅުގަނޑުމެންގެ އަމާޒަކީ އެކަންވެސް ކުރިއަށް ދާނެ. އަދި އިތުރު ރަށްތައްވެސް މިއަތޮޅުގެ ޓުއަރިޒަމަށް ފުޅާކޮށްދޭން ފުރުސަތު ދޭން ނިންމާފަ މިވަނީ” ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ނާގޯށީގެ މަސައްކަތް ނިންމުމަށް އެމްޓީޑީސީއަށް ލޯނު ފެސިލިޓީއެއް ދޫކުރުމުގެ މަޝްވަރާތައް މިހާރު ބީއެމްއެލްއާ އެކު ކުރިއަށްދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
