
ސައުދީ އަރަބިއާގެ އަލް ހިލާލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑު ނޭމާ އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ. އަލް ހިލާލް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދެފަރާތުން ވާހަކަ ދެއްކުމަށްފަހު ނޭމާ އާއި އަލް ހިލާލް އިން ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާކަމަށެވެ. އުމުރުން 32 އަހަރުގެ ނޭމާ އަށް އަނިޔާވެ މިވަގުތުވެސް ހުރީ ކުޅުމާއިދުރުގައެވެ. 2023 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެނިކޮށް ނޭމާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އަދިވެސް ކުރީގެ ކުޅުމަށް ނޭމާއަށް އާދެވޭ ގޮތެއް ނުވެއެވެ.

ފްރާންސްގެ ޕީއެސްޖީ އިން ސައުދީ އަރަބިއާގެ އަލް ހިލާލްއަށް ނޭމާ ބަދަލުވެފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. 98 މިލިއަން ޑޮލަރުގެ އަގަކަށް އަލް ހިލާލް އަށް ބަދަލުވި ނޭމާއަށް އަނިޔާގެ ސަބަބުން އެ ކުލަބަށް މިހާތަނަށް ކުޅެވިފައިވަނީ އެންމެ ހަތް މެޗެވެ. ބްރެޒިލްގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާގޮތުން ނޭމާ އަލް ހިލާލް ދޫކޮށްލުމަށްފަހު ދެން އޭނާ އެނބުރި ދާނީ އޭނާގެ ކުޑައިރުގެ ކުލަބު ސެންޓޯސްއަށެވެ. ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ނޭމާ 2013 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއަށް ބަދަލު ވުމުގެ ކުރިން އޭނާ ކުޅެމުން ދިޔައީ ސެންޓޯސްއަށެވެ. ނޭމާ ވަނީ މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް 79 ގޯލު ކާމިޔާބުކޮށްދީފައެވެ.
ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށްފަހު 2017 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީއަށް ނޭމާ ބަދަލުވެފައިވަނީ ދުނިޔޭގެ ރެކޯޑު އަދަދެއް ކަމަށްވާ 222 މިލިއަން ޔޫރޯގެ އަގަކަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
