
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތް ރަޝިޔާ ވައްޓާލުމަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާ ވެއްޖެއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 23،186 ފަތުރުވެރިންނާއެކު މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް އޮތީ ޗައިނާއެވެ. އެ ލިސްޓުގެ ދަވަނައިގައި އޮތީ ރަޝިޔާއެވެ. ރަޝިޔާއިން 18،651 ފަތުރުވެރިން އައިސްފައިވާއިރު، 16،614 ފަތުރުވެރިންނާއެކު ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ އިޓަލީއެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައި ވަނީ 169،424 ފަތުރުވެރިންނެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް 152،811 ފަތުރުވެރިން އައިސްފައިވާކަމަށް ދައްކާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ކިޔާއިރު، %10.9 ކުރިއެރުމެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެެއިން 117،307 ފަތުރުވެރިން ގޮސްފައި ވަނީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް 43،775 ފަތުރުވެރިން ގޮސްފައިވައިރު، ސަފާރީތަކަށް ގޮސްފައި ވަނީ 4،079 ފަތުރުވެރިންނެވެ. ހޮޓެލްތަކަށް 4،198 ފަތުރުވެރިން ގޮސްފައިވާ ކަމަށް ދައްކައެވެ.
ރާއްޖެ އަށް މިހާރު ދުވާލެއްގެ މައްޗަށް 6،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ދައްކައެވެ. ފަތުރުވެރިން ރާއްޖެ ގެނައުމަށް މީގެކުރިން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ އިން އެކިއެކި ރިކޯޑުތައް ވަނީ ހާސިލްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
