
ބޮލީވުޑްގެ މަޝްހޫރު ފިލްމު ތަކެއް ގެނެސްދެމުން އަންނަ ޑައިރެކްޓަރެއް ކަމަށްވާ ޖަގަން ޝަކްތީ ހަދަން ނިންމާފައިވާ ފިލްމު ރޭންޖާގެ ވިލަންގެ ރޯލު ކުޅުމަށް މަޝްހޫރު ތަރި ސަންޖޭ ދަތު ނަގާފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި މިފިލްމަށް ސަންޖޭ ނެގި މައިގަނޑު ސަބަބަކީ އޭނަ އަކީ ފިލްމުގެ ވާހަކައާ ވަރަށް ގުޅޭ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާތީ ކަމަށެވެ. އެގޮތުން “ރޭންޖާ” ގައި އަޖޭ އާއި ސަންޖޭގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިމެނޭނެ ކަމަށާއި މިއީ ދެ ތަރިން ވެސް ވަރަށް ތަފާތުކޮށް ފެންނާނެ ފިލްމެއް ކަމަށް ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު “އިންޑިއާނާ ޖޯންސް” ފްރެންޗައިޒް ކަހަލަ ފިލްމެކެވެ. “ރޭންޖާ” އަކީ އަޖޭގެ 2019 ގެ ރޮމޭންޓިކް ކޮމެޑީ “ދޭ ދޭ ޕިިޔާރު ދޭ” ގެނެސްދިން ޕްރޮޑިއުސަރުން ކަމަށްވާ ލަވް ރަންޖަން އާއި އަންކޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި އަހަރުގެ މެއި އަދި ޖޫން ހިސާބުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް “ރޭންޖާ” ގެ ޑައިރެކްޓަރު ޖަގަން އަކީ އަކްޝޭ ކުމާރުގެ 2019 ގެ “މިޝަން މަންގަލް” ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އާ ފިލްމަކީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައވާ ފިލްމެވެކެ. އެގޮތުން “ރޭންޖާ” އަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނޭނެ ފިލްމެކެވެ.
މީގެ ވިލަންގެ ރޯލަށް ސަންޖޭ ނެގި އިރު، އޭނަ މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ނުބައިބައި ރޯލު ކުޅެފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ކަލްނަޔަކް” އާއި “އަގްނީޕަތު” ހިމެނެއެވެ. އަޖޭ އާއި ސަންޖޭ މީގެ ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ އިރު، ގާތް މި ދެ އެކުވެރިންގެ ފިލްމެއް މި އަހަރު ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ދެ ތަރިންގެ 2012 ގެ “ސަން އޮފް ސަރުދާރު” ގެ ސީކްއެލް އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައިގައެވެ.
About Post Author
މާދަމާ ނިއުސް
ބޮލީވުޑްގެ ބޮކްސް އޮފީހުގައި “އާވާރާޕަން 2” އާއި “ބަޓްވާރާ 1947″ގެ ކުރިމަތިލުން
އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ރިލީޒްކުރި ބޮލީވުޑްގެ ދެ ފިލްމު ކަމަށްވާ "އާވާރާޕަން 2" އާއި "ބަޓްވާރާ 1947"ގެ ބޮކްސް އޮފީސް ވާދަވެރިކަން ވަރަށް...
އަކްޝޭ އާއި ސައިފްގެ “ހައިވާން” އަންނަ މަހު ނެރެނީ
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން 18 އަހަރަށްފަހު އެކުގައި ފެންނަ ސައިކޮލޮޖިކަލް ތުރިލާ ފިލްމު...
މީޑިއާގެ ކުރިމަތީގައި ހަޑިހުތުރު ބަހުން ވާހަކަދައްކާތީ އަންހެނުން ސުނީތާއަށް ގޯވިންދާ ފާޑުކިޔައިފި
ބޮލީވުޑް އެކްޓަރު ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ އަހޫޖާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް އިތުރަށް ގޯސްވެ، މީޑިއާގެ ކުރިމަތީގައި ސުނީތާ ހަޑިހުތުރު ބަހުން...
މަލިކާ ޝެރާވަތު ބުނާ ގޮތުގައި ޓޮމް ކުރޫޒް ހުންނަނީ އޭނާއަށް ހިތްކިޔާފައި
ރިއަލިޓީ ޝޯ "ދަ ޓްރޭޓާސް 2" ގެ ވީޑިއޯ ކްލިޕެއްގައި ބޮލީވުޑް އެކްޓްރެސް މަލިކާ ޝެރާވަތު ވަނީ، ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކުރޫޒް...
މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތާއި މަޝްވަރާ ހޯދުމަށްޓަކައި، 44 ފަރާތެއްގެ...
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކޮށްފި
ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ނެޓްފްލިކްސް އިން އެމެރިކާގައި ދެމުންދާ ހުރިހާ ސަބްސްކްރިޕްޝަން ޕްލޭންތަކެއްގެ އަގު ބޮޑުކޮށްފިއެވެ. މި ބަދަލާއެކު އިޝްތިހާރު...
