
ބޮލީވުޑްގެ މަޝްހޫރު ތަރިއެއްް ކަމަށްވާ ޝިލްޕާ ޝެޓީ ކުންދަރާ ރާއްޖެ އައުމުން ވަޒީރު ފައިސަލް މަރުހަބާ ކިޔައިފިއެވެ. ޝިލްޕާ ޝެޓީ ރާއްޖެއަށް އައީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އޭނާއަކީ ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވާ އިންޑިޔާގެ ފިލްމީ ތަރިއެކެވެ. ގާތްގަނޑަކަށް ކޮންމެ އަަހަރެއްގައި ކަހަލަ ގޮތަކަށް ޝިލްޕާ ޝެެޓީ ރާއްޖެ އާދެއެވެ. އޭނާ މިފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސް މަޑުކުރަން ހަމަޖެހިފައިވަނީ ޖުމެއިރާ އޮޅަހަލި އައިލެންޑުގައެވެ. އަދި މި ދަތުރުގައި އޭނާ ވަނީ ސޫޝީ ހެދުމާއި ޖެޓް ސްކީ އަމިއްލައަށް ދުއްވުމާއި ސަބްމެރިން ދަތުރު ދިޔުން ފަދަ ތަފާތު ކަންތައް ތަޖުރިބާކޮށް ޖުމެއިރާގެ ސްޓާފުންނަށް ޝުކުރުވެސް އަދާ ކޮށްފައެވެ.

ދާދި ފަހުން ރައީސް ޑރ. މުޢިއްޒު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ޝިލްޕާ ޝެޓީއާ ބައްދަލުކުރައްވައި، އެކުގައި ވަގުތުކޮޅެއް ހޭދަކުރެއްވުމުގެ އިތުރުން ފޮޓޯ ނަންގަވާ ހެއްދެވިއެވެ. އަދި ރާއްޖޭގެ ރީތިކަމަށް ތަޢުރީފުކޮށް ޝިލްޕާ އިންޓަވިއުއެއް ދެއްވާފައި ވެއެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރ ފައިސަލް ވެސް ބައިވެރިވެވަޑައިގަތެވެ. އެެހެންކަމުން މިނިސްޓަރ ފައިސަލް ވެސް ވަނީ ޝިލްޕާ ޝެޓީއާ ބައްދަލުކުރައްވައި ރާއްޖެ އިޝްތިހާރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން މަރުޙަބާ ވިދާޅުވުމަށް ފަހު ލިޔުއްވާފައި ވަނީ އަނެއްކާ ވެސް ބައްދަލުވީތީ ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި ރާއްޖޭގައި ހިތްހަމަޖެހޭ އުފާވެރި ޗުއްޓީއެއް ލިބުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
