
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެއްވެސް އިރެއްގައި މިނިވަން މީީޑިއާ އާއި ދެކޮޅު ނޫން ކަަމަށް ރައްޔިތުންގެ މަޖިީހުގެ ނައިބު ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މީޑިއާ ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް މީޑިއާތަކުން ގެނެސްދިން ހަބަރުތަކާއި ގުޅިގެން ނާޒިމް ނެރުނު ބަޔާނުގައި ވިދާޅުވީ، އޭނާއަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ހެދި ފަރާތެއް ނޫން ކަމަށާއި، މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާނެ މީހެއްވެސް ނޫން ކަމަށެވެ. އަދި އެފަދަ ކަމަކަށް ދުވަހަކުވެސް ތާއީދު ކުރާނެ މީހެއްވެސް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އޭނާގެ ބަރުލަމާނީ ހަޔާތުގައި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ވަކާލާތުކޮށް ގިނަ ކަންކަން ކާމިޔާބުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިޔާސީ ޕާޓީތައް ތައާރަފުވުމާއި ގުޅިގެން ސިވިލް ސަރވިސްގެ ގާނޫނެއް ލިޔެ ސިޔާސީ ނުފޫޒުން ސިވިލް ސަރވިސް ސަލާމަތް ކުރުމަށް ކުރި މަސައްކަތް ހިމެނޭ ކަން ފަހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، މީޑިއާއަކީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ އެއް އަސާސްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ދެ މުއައްސަސާ އޮތް ނަމަވެސް، އެ ދެ މުއައްސަސާ އެންމެ ފުރިހަމަ ގޮތުގައި ނުހިނގާ ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ 2024 ވަނަ އަހަރު މި ދެ މުއައްސަސާއަށް ދައުލަތުގެ ބަޖެޓުން 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
އަދި މިފަދަ ދޯހަޅި ގޮތްގޮތަށް ހުރި މުއައްސަސާތައް ރިފޯމް ކުރަމަކީ އޭނާގެ މަގްސަދުކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، މީޑިއާތަކުންވެސް ބޭނުންވަނީ އެމީހުންގެ ޙަޤީޤީ ބެލެނިވެރި ފަރާތަކީ ކޮބައިތޯ ދެނެގަތުމާއި، އެ ބެލެނިވެރި ފަރާތަކީ އެމީހުންގެ އަޑު އުފުލާނެ ޙަޤީޤީ ބާރުވެރި ފަރާތެއްތޯ ޔަޤީންކޮށް ކަށަވަރު ކުރަން ކަމަށެވެ. އަދި މީސް މީޑިއާގެ ބޭނުންކުރުން އިތުރުވެފައިވާތީ، އެ މަންޞަތައް ރެގިއުލޭޓް ކުރުމަކީ މުހިންމު ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
“މިއީ އެއްވެސް ހާލެއްގައި މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމެއް ނޫން. މިފަދަ މަންސަތައް ބޭނުން ކުރެވޭއިރު، އަނެކާގެ އަބުރާއި އިއްޒަތަަކީ އޮންނާނެ އެއްޗެއްކަން ދެނެގަންނަން އެބަ ޖެހޭ. އިންސާފު ހޯދައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ ގާނޫނުކަމާއި، އަދި މިވަގުތު އެފަދަ ގާނޫނެއް ރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ،”. ނާޒިމް ވިދާޅުވެފައި ވެއެވެ. ނާޒިމް އިތުރަށް ވިދާޅުވީ ގިނަ ޤައުމުތަކުގައި މިހާރުވެސް މީސް މީޑިއާ ރެގިއުލޭޓް ކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. މިގޮތުން އައަރލޭންޑްގައި 2022 ވަނަ އަހަރު ޢަމަލުކުރަން ފެށި “އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އެކްޓް 2022” އަކީ ފާހަގަކޮށްލެވޭ ރެގިއުލޭޓަރީ ޤާނޫނެއްގެ ގޮތުގައި ނާޒިމް ފާހަގަކުރައްވައިފައިވެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތައް މީޑިއާގެ ދާއިރާއަށް އަންނައިރު، އެންމެންގެ މަޞްލަޙަތު ހިމާޔަތްކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އޮތުން މުހިންމު ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
