
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އޮސްޓްރޭލިއާއަކީ ތައުލީމީ، އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ އިސް ބައިވެރިއެއް ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ހާެރިޖީ ވަޒީރު ޕެނީ ވޮންގް އަށް މިނިސްޓަރު ހަލީލް ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖްގައި ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ކަމަނާއަށާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް، އޮސްޓްރޭލިއާ ދުވަހުގެ ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
“ތައުލީމާއި ސިއްހީ ހިދުމަތާއި މެރިޓައިމް ސެކިއުރިޓީ އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ފަދަ ދާއިރާތަކުން އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައިވާ އިތުބާރުކުރެވޭ ތަރައްގީގެ ބައިވެރިއެއް ކަމުގައިވާ އޮސްޓްރޭލިއާއާއެކު އޮތް ގާތްގުޅުމުގެ އަގު ރާއްޖެއިން އިހްލާސްތެރިކަމާއެކު ފާހަގަކުރަން.”، ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައިގަނޑު އަސާސަކީ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކެއް ކަމަށެވެ. އެގޮތުން އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ހާއްސަކުރައްވައިގެން އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމްގެ ދަށުން ދެއްވާ ސްކޮލާޝިޕްތަކަކީ އެކަމުގެ ނަމޫނާ މިސާލެއް ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ ހިއްސާކުރެވިފައިވާ އަހްލާގާއި، ދެ ގައުމުގެ ކުރިއެރުމަށް ކުރެވޭ އަހައްމިއްޔަތުކަމުގެ މައްޗަށް. މުސްތަގްބަލަށް ބަލާއިރު، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުގައި އެއްބާރުލުން ދިނުމާއި، ވިސްނުން އިތުރުކޮށް، ރައްޔިތުންގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.”، ވަޒިރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
