
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި ނޫސްވެރިކަމާއި އިންޓަނެޓު ރެގިއުލޭޓު ކުރުމާ ބެހޭ ބިލެއް ތަޢާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމުގައި ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަރުޖަމާނު ވިދާޅުވީ ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރުމާ ބެހޭ އެއްވެސްކަހަލަ ބިލެއް ތައާރަފްކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށާއި، އެފަދަ ބިލެއް ތައާރަފްކުރުމުގެ މަސައްކަތެއް ސަރުކާރު ނުކުރާ ކަމަށެވެ. .
ހީނާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށާއި، ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން ކަމުގައި ހީނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
