
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚިޔާލާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ޚިޔާލު ހުރީ އެއްގޮތަކަށް ކަން ހާމަކުރައްވައިފިއެވެ. އިންޑިއާގެ ޖުމުހޫރީ ދުވަހާއި ގުޅިގެން ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ވިދާޅުވެފައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ އިންޑިއާއިއެކު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި އެ ގައުމުން ރާއްޖެއަށް ދެމުންދާ އެއްބާލުރުން އަބަދުވެސް އަގުވަޒަން ކުރައްވާނެ ކަމަށެވެ.
Thank you President @MMuizzu for your wishes on India’s Republic Day. I fully share your sentiment regarding the long standing partnership between India and Maldives. We are committed to deepen these bonds of friendship and cooperation. https://t.co/HDb0An1oTy
— Narendra Modi (@narendramodi) January 26, 2025
” ދެ ގައުމުގެ ގުޅުން ބިނާ ވެގެން ވަނީ އިތުބާރާއި އިހުތިރާމުގެ މައްޗަށް. އަދި މި ގުޅުން ވަނީ ވަގުތުގެ އިމްތިހާންތަކުގެ މަތީގައި ވެސް ސާބިތުކަން ދައްކާފަ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިންޑިއާއިއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ދެ ގައުމުގެ ރައްޔިތުންނަސް ދިމާވެފައިވާ އުނދަގޫތަކާއި ރައްޔިތުންނަށް ފައިދާ ވާނެ ކަންކަމުގައި އަބަދުވެސް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެ ޕޯސްޓާއި ގުޅިގެން މޯދީ ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒު ފޮނުއްވި ހެޔޮއެދުންތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ރައީސް މުއިއްޒު، މި ދެ ގައުމުގެ ޒަމާންވީ ގުޅުން ސިފަކޮށް ފާހަގަކުރެއްވީ އެމަނިކުފާނުގެ ވެސް އިހުސާސް ކަަމަށް މޯދީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
