
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް، އެ ކައުންސިލްގެ އިދާރާއިން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމަށް މިވަގުތު ވެސް ހުޅުމާލޭގައި ހުންނަ އަލްޘާނީ މިސްކިތުގައި ގަސް އިންދުން ކުރިއަށް ދާއިރު، ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޢަޒީޒާ މުސާ މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ގެ ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އަދި އަދި ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް، މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.
އޭގެ އިތުރުން ފުރުޤާން މިސްކިތުގައި ކުރަން ހުރި މަރަމާތުގެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ކައުންސިލުން މަޝްވަރާކޮށްފައިވާ ކަމަށާއި އެ މިސްކިތުގައި އަމިއްލަ ފަރާތަކުން އޭސީ ހަރުކުރުމުގެ އިތުރުން، މިސްކިތް ޒީނަތްތެރި ކުމަށް ނިންމާފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ހުޅުމާލެ މަސްޖިދުލް ޚައްތާބުގެ ފާހަނާގެ ދޮރުތަކާއި ޓައިލްސް ބަދަލުކޮށް، ވުޟޫކުރާ ބައި މަރާމާތުކޮށް ނިންމާފައިވާއިރު، މަސަޖިދުލް ތަޤްވާ މިސްކިތްވެސް ޒީނަތްތެރި ކުރުމާއި ނަމާދު ކުރާ ބައި ބޮޑު ކުރުމަށް ނިންމުމުގެ އިތުރުން، އެ މިސްކިތުގައި އިތުރު ފާހާނަ އެއް ހެދުމަށް ނިންމައިފައިވާ ކަމަށެވެ.
މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިގާވެއުޅޭ މީހުންނަށް ފަސޭހަ ކުރުމުގެ މަސައްކަތްތައް ވެސް ދަނީ މާލޭގެ އެކި ސަރަހައްދު ތަކުގައި ކުރަމުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ގޭގެއިން މަގުގެ ޕޭމަންޓުގައި ކުނި ބަހައްޓާފައި ހުރޭތޯ ބެލުމާއި، ނެރެފައި ހުންނަ ކުނިތައް އުކުމާއި މާލޭގެ މަގުތައް މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓުމުގައި މުނިސިޕަލް ޑިމާޓްމަޓުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
