
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް މިއަދު ކޮށްފިއެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރާ ދެވަނަ ފަހަރެވެ. މީގެކުރިން ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރެއްވީ 2017 ވަނަ އަހަރުން ފެށިގެން 2021 އަށް އެ ގައުމުގެ 45 ވަނަ ރައީސްގެ ގޮތުގައެވެ. ޓްރަމްޕްގެ ދައުރު ހަމަވެގެން ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރިއެވެ. އެކަމަކު، މި ފަހަކާ ޖެހެންދެން އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޖޯ ބައިޑަން އަތުން ޓްރަމްޕަށް ކުރިމަތިވީ ނާކާމިޔާބީއެވެ.
ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ކެޕިޓަލް ހިލްގައެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކޮށް އުމުރުން 78 އަހަރުގެ ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރީ 277 އިލެކްޓޯރަލް ވޯޓުންނެވެ. ކަމަލާއަށް ލިބިވަޑައިގަތީ 224 އިލެކްޓޯރަލް ވޯޓެވެ. ޓްރަމްޕް ރައީސް ކަމަށް އައިއިރު، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓްސްގެ އަތުން ޓްރަމްޕްގެ ރިޕަބްލިކަން އަށް ވަނީ ލިބިފައެވެ. ޓްރަމްޕް ރިޔާސީ ދައުރު ފުރިހަމަކޮށްފި ނަމަ، އޭނާ ވާނީ އެމެރިކާގެ ވެރިކަމުގައި އުމުރުން އެންމެ ދޮށީ ރައީސަށެވެ. ޓްރަމްޕް ދައުރު ނިންމާލާ އިރު، އުމުރުން 82 އަހަރުވާނެއެވެ.
އެމެރިކާގެ އެންމެ ދޮށީ ރައީސްގެ މަގާމު ހޯއްދަވާފައިވަނީ ބައިޑަންއެވެ. އޭނާ އަށް ވަނީ 81 އަހަރެވެ. ޓްރަމްޕްގެ ރަނިން މޭޓު، ޖޭޑީ ވާންސް ވަނީ ނައިބު ރައީސްކަމުގެ ހުވާކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
