
(ފޮޓޯ ކްރެޑިޓްސް: ޔޫޓިއުބް)
އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ކާމިޔާބު ފިލްމު “ޖެއިލާ”ގެ ދެވަނަ ފިލްމުގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ. “ޖެއިލާ 2″ގެ ހަތަރު މިނެޓުގެ ޓީޒާއެއް ވަނީ ޔޫޓިއުބުގައި އާންމުކޮށްފަ އެވެ. އާދައިގެ މަތިން، ރަޖްނީކާތުގެ އެހެން ފިލްމުތަކެކޭ ގޮތަށް މި ފިލްމުގައި ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ކަން މި ޓީޒާއިން އެނގެ އެވެ. މި ޓީޒާއަކީ ފިލްމު ރަސްމީކޮށް އިއުލާންކުރުމުގެ ވެސް ގޮތުން ގެނެސްދިން ޓީޒާއެކެވެ.
މި ޓީޒާގައި ރަޖްނީކާންތުއާ އެކު ފެންނަނީ މި ފިލްމުގެ ދެ ޑައިރެކްޓަރު ކަމަށްވާ ނެލްސަން ދިލިޕްކުމާރް އާއި އަނިރުދް ރަވިޗަންދުރަ އެވެ. ނެލްސަން އަކީ ފުރަތަމަ ފިލްމުގެ ވެސް ޑައިރެކްޓަރެވެ. އަދި އަނިރުދް އަކީ ފުރަތަމަ ފިލްމުގެ މިއުޒިކް ޑައިރެކްޓަރެވެ. “ޖެއިލާ” އަކީ ރަޖްނީކާންތުގެ ސްޓައިލްގެ ވަރުގަދަ ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ފިލްމެކެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ފުލުހެއްގެ ރޯލެވެ.
މީގެ ދެ އަހަރު ކުރިން ނުކުތް “ޖެއިލާ”އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 650 ކްރޯޑް ރުޕީސް ލިބިފަ އެވެ. އަދި އެއީ 2023 ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
