
(ފޮޓޯ ކްރެޑިޓްސް: ލިލީ ބީޗް އެފް އެންޑް ބީ)
ޑޮލަރުން މުސާރައާއި ސަރވިސް ޗާޖު ދެމުން އައި ރިސޯޓުތަކުން، ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ދޭ ގޮތަށް ބަދަލުކުރުން ހުއްޓުވުމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ސަރުކާރަށް ގޮވާލައިފިއެވެ. ޓީމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާތަނަށް މުސާރައާއި ސަރވިސް ޗާޖު ދެމުން އައީ ޔޫއެސް ޑޮލަރުންނެވެ. ނަމަވެސް، ސަރުކާރުގެ ބައެއް ޚަރަދުތައް ފޫބެއްދުމަށާއި ލޯނުތައް ދެއްކުމަށް ބޭނުންވާ ޑޮލަރު ހޯދުމަށްޓަކައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމާ ގުޅިގެން، ބައެއް ރިސޯޓުތަކުން މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމަމުންދާކަން ފާހަގަކޮށް، މިކަން ޓީމްއިން ވަނީ ކުށްވެރިކޮށްފައެވެ.
ޓީމްއިން ބުނެފައިވާ ގޮތުގައި، މި ބަދަލުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 3,000 ނުވަތަ 5,000 ރުފިޔާގެ މާލީ ގެއްލުމެއް ލިބި، އާމްދަނީ ދަށްވުމާ ކުރިމަތިލާން ޖެހިދާނެއެވެ. މިއީ މުވައްޒަފުންނަށް ތަހައްމަލުކުރެވޭނެ ބުރައެއް ނޫން ކަމަށް ޓީމްއިން ބުނެފައިވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 70 އިންސައްތައަކީ ބިދޭސީ މަސައްކަތްތެރިން ކަމަށްވާއިރު، އެ ފަރާތްތަކަށް ދިވެހި ރުފިޔާއިން އުޖޫރަ ދިނުމުން އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވާނެ ކަމަށްވެސް ޓީމްއިން ފާހަގަކޮށްފައިވެއެވެ.
ޓީމްއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ނެގުމަށް އެއްބަސްނުވުމަށާއި، ވަޒީފާގެ އެއްބަސްވުން ބަދަލުކޮށް އެފަދަ ލިޔުމެއްގައި ސޮއިނުކުރުމަށް ގޮވާލައިފައެވެ. އަދި މިފަދަ ކޮންމެ ރިސޯޓެއްގައިވެސް މުވައްޒަފުން އެއްބައިވެ، މި މާލީ ގެއްލުމުން ސަލާމަތްވުމަށް އެންމެން އެކީ ނުރުހުން ފާޅުކުރުމަށްވެސް ޓީމްއިން ގޮވާލައިފައިވެއެވެ. ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ ކޮންމެ މަހަކު ބޭންކަށް މާރުކުރުކުރަން ޖެހެއެވެ. މި ބަދަލާ ގުޅިގެން ގިނަ ވިޔަފާރިވެރިންނާއި ރިސޯޓުތަކުން ވަނީ ދެކޮޅު ހަދައި ފާޑުކިޔައިފައެވެ. ޓީމްއިން އިތުރަށް ފާހަގަކޮށްފައިވަނީ، ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް އުފުލެމުންދާ ހާލަތެއްގައި، ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފެހެއްޓި، އާންމު ބޭންކުތަކަށް ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ ހާލަތަށް މާލީ ހާލަތު ބަދަލުވެ، ތަކެތީގެ އަގު ދަށްވެ، އެއް ހަމައެއްގައި ހިފެހެއްޓުމުން މިފަދަ ބަދަލުތަކަށް މަސައްކަތްތެރިން މަރުޙަބާ ކިޔާނެ ކަމަށެވެ.
ޑޮލަރުން މުސާރައާއި ސަރވިސް ޗާޖު ދެމުން އައިސްފައިވާ ރިސޯޓުތަކުން ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ދޭ ގޮތަށް ބަދަލުކުރުން ހުއްޓުވުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
