
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ކަނޑުމަގުން ރާއްޖެ އަށް ސިގިރޭޓު ޝިޕްމެންޓެއް އެތެރެކުރި މައްސަލައަކީ ރޭވުންތެރިކަމާ އެކު ހިންގި މަކަރާ ހީލަތުގެ ބޮޑު އަމަލެއް ކަމަށް 241 ކޮމިޓީ (ސަލާމަތީ ހިދުމަތްތަކާ ކޮމިޓީ) އިން ބުނެފި އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ހިއްސާކުރި ބައެއް މައުލޫމާތުތަކުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށާއި އެހެންވެ، އިތުރަށް އެ މައުލޫމާތު އޮޅުންފިލުވަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މައްސަލަ ނިންމެން އޮތީ ސުވާލުތަކަށް ޖަވާބު ލިބިގެން ކަމަށެވެ. އަމިއްލަ ކުންފުންޏެއްގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި އެތެރެ ކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖްމެންޓުގެ އެއްވެސް ބައިވެރިވުމެއް އެ މައްސަލައިގައި ނެތް ކަމަށާއި އެކަމުގައި ކުންފުނީގެ އެތެރޭގެ ތަހުގީގެއް ވެސް ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލާގައި ހިމެނޭ މީހުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. މައްސަލައާ ގުޅިގެން ކުންފުނީގެ ކްރޫއިންގެ ބަޔާން ނަގާފައިވާ އިރު، އެ މައްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ކަސްޓަމްސް އިން ކޮމިޓީ އަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުން އެތެރެކުރީ ފޭކު ސިނގިރޭޓުތަކެކެވެ. އަދި އެ ބްރޭންޑުގެ ސިނގިރޭޓު އެތެރެކުރާ އަސްލު ކުންފުނިން ކޯޓަށް ދިއުމުން، ކޯޓު އަމުރެއްގެ ދަށުން ބޮންޑެޑް ވެއާހައުސްގައި އެ ތަކެތި ބެހެއްޓިފައި ހުރި ކަމަށް ބުންޏެވެ. އެކަން އެގޮތަށް ކޮށްފައި އޮއްވާ ސިނގިރޭޓު އެތެރެ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުންފުނީގެ ހިއްސާދާރުން ވެސް ބަދަލުކޮށްފައިވާ ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނގިރޭޓު އެތެރެކުރި ކަމުގެ ތުހުމަތު ކުރެވެނީ އެގްޒޮޓިކް އެންޓަޕްރައިސެސް ކިޔާ ކުންފުންޏަކަށެވެ.
“ކަސްޓަމްސް އިން ފޮނުވާފައި އޮތް ޓައިމްލައިނެއް އެބައޮތް. އެ ޓައިމްލައިނުން ބައެއް މައުލޫމާތު މަދުކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. އޭގައި ހިއްސާ ބަދަލު ކުރި ތާރީހެއް ވެސް ނެތް. ފަހުގެ ތާރީހެއްގައި ކަސްޓަމްސް އިން މައުލޫމާތު ދިން [ކުންފުންޏާ ފަހުން ހަވާލުވި ހިއްސާދާރުންގެ] ގެ ހާޒިރުގައި އެތަކެތި ހިއްސާދާރުންނާ ހަވާލުކުރި ކަމަށް،” އޭނާ ވިދާޅުވި އެވެ. އެކަން ހިނގި ތާރީހު ވެސް ޓައިމްލައިނުން ނޭނގޭ ކަމަށާއި ފަހުން ހަވާލުވި ހިއްސާދާރުން ތިބި ކުންފުންޏަށް 46 މިލިއަން ރުފިޔާ ބިލް ކޮށްފައި އޮތް ކަން ވެސް އެނގޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، އެކަން ކޮށްފައިވަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ.
“އެންމެ ފުރަތަމަ ސިނގިރޭޓު އެތެރެ ކޮށްފައި ފައިސާ ދައްކާފައި އޮއްވާ، ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ހިފެހެއްޓީމަ، ކުންފުނީގެ ހިއްސާ ބަދަލުކުރީ. ބަދަލުކޮށްފައި ބޮންޑެޑް ވެއާ ހައުސްގައި ހުރި ތަކެތި ގާނޫނާ ގަވާއިދާ ހިލާފަށް ވިއްކާލީ،” އޭނާ ވިދާޅުވި އެވެ. ކަސްޓަމްސް އަށް އެކަން އެނގުނީ ވެސް މަޖިލީހުގެ 241 ކޮމިޓީން ބުނުމުން ކަމަށާއި އެއީ މަކަރާއި ހިލާތުގެ ބޮޑު ޖަރީމާއެއް ކަމަށް ނާޒިމް ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، މިކަން އެންމެ ފުރަތަމަ ފެށިގެން އައީ ކިހިނެއްތޯ ބެލުމަށްޓަކައި އިތުރަށް ކަސްޓަމްސްއާ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
ކޮމިޓީން މިއަދު ނިންމީ، ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ހޯކްސްގެ ބައިވެރިވުމެއް އޮތް ތޯ ބަލައި އޭގެ ރިޕޯޓެއް ވަކިން ހަދައި، އޭގެ ފައިސާގެ މުއާމަލާތްތަކާއި އޭގައި ޝާމިލުވާ ކުންފުނިތަކާ ގުޅޭ މައްސަލަ އެހެން ރިޕޯޓެއްގެ ގޮތަށް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާށެވެ. އަދި މައްސަލައަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ކަސްޓަމްސް ކޮމިޝަނަރު ހާޒިރު ކުރުމަށް ވެސް ކޮމިޓީން މިއަދު ނިންމި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
