
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހި ރައްޔިތުންގެ އެެއްބާރުލުމާއެކު ރާއްޖެއަކީ ފުލީ ޑިޖިޓަލައިޒް ސާވިސް ތަކެއް ލިބޭ، މުުހިންމު ޕަބްލިކް ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކޮށްދެވޭ ގައުމަކަށް މި ދައުރު ތެރޭގައި ވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެސްޓޯނިއާއަށް ކުރެއްވި ތާރީހީ ދަތުރުފުޅަށް ފަހު ދައުލަތުގެ މީޑިއާ އަށް ދެއްވި އިވެންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެމަނިިކުފާނު ގަބޫލުފުޅު ކުރައްވާގޮތުގައި ދުުނިޔޭގައި އަންނަ ތަރައްގީތައް ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި މެޖޯރިޓީއާ ދެކޮޅަށް ނުދެވޭނެ ކަަމށާއި، އާޓީފިޝަލް އިންޓަލިޖެންސްއަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެ އެއްޗެއް ކަަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމަ އެއަށް މާސްޓަރ ޕްލޭނެއް ހެދި އަޅުގަނޑުމެންގެ ގައުމު ތަރައްގީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާ ކުރާނެ، އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވޭނެ، މި ދަތުރުގެ ސަބަބުން އަޅުގަނޑުމެންނަށް މި ގައުމުގައި ކޮން ގޮތަކަށްތޯ ކުރަމުން ދަނީ އަދި ރާވަމުން ދަނީ، ރޭވިފައި އޮތީވެސް، ހަމަ ރަނގަޅަށް އޮޅުން ފިލައިގެން ދިޔަ،”. ރައީސް ވިދާޅުވިއެވެ. މި ދަތުރުފުޅު ވަރަށް ކާމިޔާބުކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މި ދާއިރާއިން އެންމެ ކުރިއަރާފައި އޮތް ގައުމަށް ވަޑައިގެން، އެ ގައުމުގައި އެކަން ކުރަމުންދާ ގޮތް އެނގިގެން ގޮސް، ކުރިއަށް އޮތްތަނުގައި ރާއްޖެއަށް އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ލިބިގެން ދިއުމުން، ގައުމު ބޭނުންވާ މިސްރާބަށް ގެންދިއުމަށް މަގްސަދު ހާސިލް ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި، މި އަހަރު ތެރޭގައި ހާއްސަ ގޮތެއްގައި ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ޕަބްލިކް ދާއިރާގެ ހުރިހާ ކަމެއް، ތައުލީމީ ދާއިރާ ސިއްހީ ދާއިރާ، ހަމަ އެއްކޮށް ކުރިއަށް އޮތް ތިން، ހަތަރު އަހަރު ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބަދަލު ކުރާނަން،”. ރައީސް ވިދާޅުވިއެވެ. އަދި އެކަަމަށް ދިވެހި ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް އެބަ އޮތް ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. ދިވެހި ރައްޔިތުންގެ އެެއްބާރުލުމާއެކު ރާއްޖެއަކީ ފުލީ ޑިޖިޓަލައިޒް ސާވިސް ތަކެއް ލިބޭ، މުުހިންމު ޕަބްލިކް ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކޮށްދެވޭ ގައުމަކަށް ހެދުން މި ދައުރު ތެރޭގައި ހާސިލް ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
