
އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުން، ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ “ފުރިހަމަ ޒިންމާ” ނަގަން ތައްޔާރަށް ހުންނެވި ކަމަށް ފަލަސްތީނުގެ ރައީސް، މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ. އިސްރާއިލުން ހިންގަމުން އަންނަ ޤަތުލުއާންމު ހުއްޓާލަން އެއްބަސްވުމަކަށް އާދެވުނުކަން އިއުލާންކުރި ފަހުން ނެރުނު ފުރަތަމަ ބަޔާނުގައި ރައީސް އައްބާސް ވިދާޅުވީ ޣައްޒާ އަލުން އާރާސްތުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ގެދޮރު ނެތިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމާއި، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސިޓީ އަލުން އާރާސްތުކުރުން ހިމެނޭ ކަމަށް ބަޔާނުގައި ވެއެވެ. ފަލަސްތީނުގައި އިސްރާއިލުން ފަށާފައިވާ ޤަތުލުއާންމު ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކުރި ފަހުން، އިސްރާއިލު ސިފައިން ވަނީ މިހާތަނަށް ޣައްޒާއިން 113 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. ހަމާސް އާއި އިސްރާއީލްގެ މަޝްވަރާގެ ޓީމުން އެއްބަސްވި ގޮތުން ނަމަ، މާދަމާއިން ފެށިގެން ހަނގުރާމަ ހުއްޓާލާނެއެވެ. އެއްބަސްވީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓާލުމަށާއި އިސްރާއީލުން ހައްޔާރުކޮށްފައިވާ ފަލަސްތީނު ރައްޔިތުން މިނިވަން ކުރުމަށާއި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މީހުން ދޫކޮށްލުމަށެވެ.
މި އެއްބަސްވުމަށް އިސްރާއީލްގެ ކެބިނެޓުން ރުހުން ދޭން ޖެހޭނެ އެވެ. އެކަމުގައި ހިމެނޭ ފުރަތަމަ މަރުހަލާ ކަމުގައިވާ ސެކިއުރިޓީ ކެބިނެޓުގެ ރުހުން ހޯދުމަށް ބޭއްވި ޖަލްސާގައި އެ އެއްބަސްވުމަށް އެ ކެބިނެޓުން ވަނީ ރުހުން ދީފައެވެ. ދެން އެ އެއްބަސްވުމަށް ރުހުން ހޯދަން ޖެހޭނީ ކެބިނެޓުންނެވެ. އެ ކަން ކުރުމަށް މިއަދު ނޫނީ މާދަމާ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި މިވަގުތު އެކަނި ވެސް ޣައްޒާގައި 98 އަސީރުން އެބަތިބިއެވެ. އޭގެ ތެރޭގައި މަރުވެފައިވާ 36 މީހެއްގެ ހަށިގަނޑު ހިމެނެއެވެ. އިސްރާއީލާއި ހަމާސް އިން އެއްބަސްވީ ފުރަތަމަ މަރުހަލާގައި 33 މީހުން ދޫކޮށްލުމަށެވެ. އެއީ ކުޑަކުދިންނާއި އަންހެނުންނާއި އަންހެން ސިފައިން ހިމެނޭހެންނެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ދޫކޮށްލުން ފުރަތަމަ މަރުހަލާގައި ހިމެނެއެވެ.
ފުރަތަމަ މަރުހަލާ ނިމުމާ އެކު، ދެވަނަ މަރުހަލާގައި ބާކީ ތިބި ހުރިހާ އަސީރުން ދޫކޮށްލައި ގަތުލުއާންމު އެއްކޮށް ހުއްޓާލާނެއެވެ. އެކަމަކު، ގަތުލުއާންމު ހުއްޓާލާފާނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ނަމަވެސް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން ބޭނުންވަނީ ހުރިހާ ރަހީނުން ސަލާމަތްކުރުމަށް ކަމަށެވެ. އެހެންވެ ހެޔޮ ނިޔަތުގައި އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކަމަށްވާ ހަމަލާތައް ހުއްޓާލުމާ ހަމައަށް ދާނެ ކަމަށް އޮފިޝަލުން ގަބޫލު ކުރެއެވެ. އިސްރާއީލުން ޣައްޒާ އަށް ހަމަލާތައް ދިނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ދިން ކުއްލި، ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަމާސް އިން އެ ދުވަހު އިސްރާއީލްގެ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންދިޔައެވެ.
އޭގެ ފަހުން، އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 46،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 110،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލިއެވެ. އަދި ދެ މިލިއަނަށް ވުރެ ގިނަ މީހުން އަމިއްލަ ގެދޮރުން ނުކުންނަން މަޖުބޫރުކޮށް ހާލުގައި ޖެއްސިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
