
ޣައްޒާގެ ޤަތުލް އާންމު ހުއްޓުވާ އެއްބަސްވުމަށް އިސްރާއިލުގެ ސަރުކާރުން ރުހުން ދީފި އެވެ. މީގެ ކުރިން އެގައުމުގެ ސެކިއުރިޓީ ކެބިނެޓުންވެސް ވަނީ އެ އެއްބަސްވުމަށް ރުހުން ދީފައެވެ. އަނިޔާވެރި ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުން އެގައުމުގެ ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. މި ނިންމުމާއެކު މާދަމާއިން ފެށިގެން މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ކަންކަމަށް އަމަލު ކުރަން ފަށާނެ އެވެ.
ވަޒީރުންގެ 33 މެމްބަރުން ހިމެނޭ މަޖިލީހުން މި އެއްބަސްވުމަށް ރުހުން ދީފައިވަނީ ހުކުރު ދުވަހު ސެކިއުރިޓީ ކެބިނެޓުން އެ އެެއްބަސްވުމަށް ރުހުން ދިނުމާ ގުޅިގެންނެވެ. ކެބިނެޓްގެ މި ބައްދަލުވުން ހުކުރު ދުވަހުގެ ރޭ ދަންވަރުން ފެށިގެން ހޮނިހިރު ދުވަހުގެ ފަތިހުގެ ނިޔަލަށް ހަތް ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެވެ. މި އެއްބަސްވުމަށް ރުހުން ދިނުމާއެކު އިޒްރޭލުގެ ސުޕްރީމް ކޯޓަށް ފަލަސްތީނުގެ އަސީރުން މިނިވަން ކުރުމަށް ހުރަސް އެޅުމަށް މައްސަލަތަކެއް ހުށަހެޅި ނަމަވެސް، އާދީއްތަ ދުވަހު އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާއަށް ހުރަސް އެޅޭނެ ކަމަކަށް ނުބެލެވެ އެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި މިވަގުތު އެކަނި ވެސް ޣައްޒާގައި 98 އަސީރުން އެބަތިބިއެވެ. އޭގެ ތެރޭގައި މަރުވެފައިވާ 36 މީހެއްގެ ހަށިގަނޑު ހިމެނެއެވެ. އިސްރާއީލާއި ހަމާސް އިން އެއްބަސްވީ ފުރަތަމަ މަރުހަލާގައި 33 މީހުން ދޫކޮށްލުމަށެވެ. އެއީ ކުޑަކުދިންނާއި އަންހެނުންނާއި އަންހެން ސިފައިން ހިމެނޭހެންނެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ދޫކޮށްލުން ފުރަތަމަ މަރުހަލާގައި ހިމެނެއެވެ.
ފުރަތަމަ މަރުހަލާ ނިމުމާ އެކު، ދެވަނަ މަރުހަލާގައި ބާކީ ތިބި ހުރިހާ އަސީރުން ދޫކޮށްލައި ގަތުލުއާންމު އެއްކޮށް ހުއްޓާލާނެއެވެ. އެކަމަކު، ގަތުލުއާންމު ހުއްޓާލާފާނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ނަމަވެސް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން ބޭނުންވަނީ ހުރިހާ ރަހީނުން ސަލާމަތްކުރުމަށް ކަމަށެވެ. އެހެންވެ ހެޔޮ ނިޔަތުގައި އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކަމަށްވާ ހަމަލާތައް ހުއްޓާލުމާ ހަމައަށް ދާނެ ކަމަށް އޮފިޝަލުން ގަބޫލު ކުރެއެވެ. އިސްރާއީލުން ޣައްޒާ އަށް ހަމަލާތައް ދިނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ދިން ކުއްލި، ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަމާސް އިން އެ ދުވަހު އިސްރާއީލްގެ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންދިޔައެވެ.
އޭގެ ފަހުން، އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 46،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 110،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލިއެވެ. އަދި ދެ މިލިއަނަށް ވުރެ ގިނަ މީހުން އަމިއްލަ ގެދޮރުން ނުކުންނަން މަޖުބޫރުކޮށް ހާލުގައި ޖެއްސިއެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރު ނެރުނެވެ. އަދި ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރަން ވެސް ކޯޓުން އަމުރުކުރިއެވެ. އެކަމަކު، މިއިން އެއްވެސް އަމުރަކަށް އިސްރާއީލުން ބޯލަނބާފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
