
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެސްޓޯނިއާގެ ދަތުރުފުޅުން ޑިޖިޓަލް ގަވަނަންސް ދާއިރާއިން ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި، އެންމެން ގުޅިގެން ހޯދާފައިވާ ކުރިއެރުންތަކުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މިރޭ ވަނީ މާލެ ވަޑައިގެންފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުރުފުޅުގައި އެންމެން ގުޅިގެން ހޯދާފައިވާ ކުރިއެރުންތަކުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ.
އަދި އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ހާއްސަކޮށް އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި މިދައުވަތާއި، ގައުމުން ދެއްވި ހޫނު މަރުހަބާއާއި، މެހެމާންދާރީއާއި، ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެއްސެވި ކަމަށްޓަކައި ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ދަތުރުފުޅުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އާ ބާބެއް ޔަގީންކޮށްދީފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އުފެއްދުންތެރި ބައްދަލުވުންތަކަކާއި، ޑިޖިޓަލައިޒޭޝަނާއި، ތިމާވެއްޓާއި، ސިޔާސީ މަޝްވަރާތަކާއި ގުޅޭގޮތުން އެއްބަސްވުންތަކުގައިވެސް ސޮއިކުރެވިގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައިސް ވިދާޅުވީ، އެސްޓޯނިއާގެ އިނޮވޭޓިވް ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަރުދަނާ އަދި ދެފުށް ފެންނަ ވެރިކަމެއް ހިންގުމަށް ދުނިޔޭގެ ބެންޗްމާކެއް ކަމަށާއި، އެ ގައުމުން އިބްރަތް ހާސިލު ކުރުމަށް ލިބުނު މި ފުރުސަތަށް ރާއްޖެއިން ޝުކުރުވެރިވާ ކަމަށެވެ. ރާއްޖޭގެ ޑިޖިޓަލް ގަވަރނަންސް ހަރުދަނާކުރުމަކީ، އަޅުގަނޑުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް. މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް ކަމަކީ އެއީ،”. ރައީސް ވިދާޅުވެފައި ވެއެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކޮށްލަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
