
ޝަރުތު ހަމަނުވާ މީހަކަށް ބިމެއް ދީފައިވާނަމަ އަތުލައްވާނެ ކަމަށް އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ވެސް އެކި ފަރާތްތަކުން އެކި ސްކޭމްތައް ހިންގާ ކަމަށެވެ. އެއީ އެއްވެސް ވަރަކަށް މިނިސްޓްރީއާ ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
ގަސްދުގައި ބިންވެރިޔާ ސްކީމްގެ ތެރެއިން އޮޅުވާލައިގެން ގޯތި ދީފައިހުރި ކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށާއި އެ މައުލޫމާތު ވެރިފައިކުރުމުގެ ތެރޭގައި ކަނޑައެޅިގެން ގޯއްޗެއް އޮތް މީހަކަށް ގޯއްޗެއް ދީފައިވާނަމަ ނުވަތަ މާލެ ނޫން މީހަކު މާލެ މީހަކަށް ހަދައިގެން ގޯއްޗެއް ދީފައިވާނަ އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވިއެވެ. ” ގޯތި ރަޖިސްތްރީ ދީފައި ގޯތި ހަވާލުކޮށްފައިވީ ކަމުގައިވީ ނަމަވެސް އަދި އެތަނުގައި ވަށާ ފާރު ރާނާފައިވީ ކަމުގައިވީ ނަމަވެސް ޝަރުތު ހަމަނުވާ މީހަަކަށް ބިމެއް ދީފައިވާނަ އެ މީހެއްގެ އަތުން އަތުލާނަން. އެ ފިޔަވަޅު އަޅާން.” މުއްތަލިބު ވިދާޅުވިއެވެ.
ބިމަކީ ވަކި މަގްސަދެއްގައި މާލެ ރައްޔިތުން ލިބޭނެ ގޮތަށް ކުރިއަށް ގެންދިޔަ އެއްޗެއް ކަމަށާއި އެ އުސޫލާ ހިލާފަށް އޭގެ ތެރެއަށް ކޮރަޕްޝަން ވައްދައިގެން މީހަކު އެއްޗެއް ހޯދާފައިވާނަމަ އެމައްސަލައެއް ބަލާއިއިރު އެކަން ފާހަގަކުރެވޭ ކަމަށްވާނަމަ އަތުލައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ” ފަށާނީ ހުޅުމާލީ ދެވެނަ ފިޔަވަހިން އެއްވެސް ފަރާތްތަކަށް އެގޮތަށް ދީފައިވާނަމަ ސްކޭމެއްގެ ތެރެއިން ވިޔަސް ނުވަތަ މިނިސްޓްރީގެ ތެރެއިން ވިޔަސް އޮޅުވާލައިގެން އިއުލާނުގައި ނުހިމެނޭ ފަރާތަކަށް އެކަހަލަ އެއްޗެއް ދީފައިވާނަ އެ އަތުލާނަން. ފްލެޓް ވެސް އެ އުސޫލުން ކަމެއް ކޮށްފައިވާނަމަ އަތުލާނަން. ސްކޭމަކަށް ނުވަތަ ކޮރަޕްޝަނަކަށް އަޅުގަނޑުމެން ބޭނުމެއް ނޫން ފުރުސަތު ދޭކަން. އެއީ ހައްސާސް ކަމެއް.” މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ސްކޭމްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ގޯތި ރަޖިސްޓްރީ ގަތުމު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަހަލަ ކަމެއް ނުކުރުމަށް ރައްޔިތުންނަށް މުއްތަލިބު ނަސޭހަތްތެރިވިއެވެ. އަދި ވިދާޅުވީ ދެތިން ހަތަރު ލައްކަ ރުފިޔާ ދީފައި ގޯތި ރަޖިސްޓްރީ ނޫޅުއްވުމަށެވެ. އެގޮތަށް ރަޖިސްޓްރީ ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
