
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެސްޓޯނިއާއަށް އާދެވުމަކީ ލިބޭ ޝަރަފެއް ކަމަށާއި، ރާއްޖެއާއި އެގައުމުން ހިއްސާކުރާ އެއްފަދަ ވިސްނުންތަކާއެކު ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތުން ދެގައުމުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއީ އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް އެމަނިކުފާނު އެއްޗެއް ވިދާޅުވި ފަހަރެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ތާރީޚީ ދަތުރަށް، އެގައުމުގެ ރައީސް، ޑރ. އަލާރް ކަރިސް ދެއްވި އޯގާތެރި ދައުވަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެގައުމަށް ވަޑައިގަތް ވަގުތު ކޮޅުން ފެށިގެން ލިބެމުންދާ ފުރިހަމަ މެހެމާންދާރީއަށް ހިތުގެ އަޑިން މަރުހަބާ ދަންނަވާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“އިއްޔެ އަޅުގަނޑުމެންގެ ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކުގެ ތެރޭގައި ޑިޖިޓަލް ގަވަރނަންސް، ސައިބަރ ރެސިލިއެންސް، މޫސުމަށް އަންނަ ބަދަލުތައް، އަދި ތަޢުލީމުގެ އިތުރުން އެހެނިހެން ދާއިރާތަކާ ބެހޭ މަޝްވަރާތައް ކުރެވުނު، މި ދާއިރާތަކުން އަޅުގަނޑުމެންގެ ދެގައުމުގެ ދެމެދުގައި ހިއްސާކުރެވޭ ތަޞައްވުރާއި އިސްކަންދޭ ކަންކަމަކީ، ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ ކުރިއެރުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ ކަންކަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާއި އެސްޓޯނިއާ ފަދަ ކުދި ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަ ގުޅުންތަކަކީ ދުނިޔޭގެ ސުލްހައާއި މަސްލަހަތައްވެސް މުހިއްމު ދައުރެއް އަދާ ކުރާ ކަމެއް ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
